logo

އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފުވި އެހެން ޖަމާއަތްތަކަށް ވެސް ފިޔަވަޅު އަޅަނީ

profile

ޝުރުފާ މުހައްމަދު - 10 ޖެނުއަރީ 2025 - 08:10

ހައްޖާއި އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް ހަދާފައި އޮންނަ އުސޫލާ ޚިލާފަށް އުމްރާގެ އަޅުކަމަށް މީހުން ގެންދިޔަ އެހެން ޖަމާއަތްތަކަށް ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އާންމުކޮށް ރާއްޖޭގައި ގިނަ މީހުން އުމްރާގެ އަޅުކަމަށް ދާނީ ސްކޫލް ބަންދުތަކާއި ރަމަޟާން މަހާ ދިމާކޮށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު އައި ބަންދަކީ ވެސް އުމްރާ ސީޒަން އެވެ.

ރާއްޖޭގައި އުމްރާ އަށް މީހުން ގެންދެވޭނެ ވަކި އުސޫލުތަކެއް ހަދައި، އެ އުސޫލުތަކުގެ ދަށުން ޖަމިއްޔާތަކަށް ހުއްދަ ދޫކޮށްފައިވާއިރު އަދިވެސް އުސޫލާ ޚިލާފުވެ ދިވެހިން އަޅުކަމަށް ގޮސް ހާލުގައި ޖެހޭ މައްސަލަ ބޮޑެވެ. މިފަހަރުގެ އުމްރާ ސީޒަނުގައި ވެސް އެފަދަ މައްސަލައެއް ފެންމަތިވިއެވެ.

އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 9 އޮކްޓޫބަރު 2024 ގައި ގެޒެޓްކޮށްފައިވާ އުޞޫލާ އެއްގޮތައް ޢަމަލުކޮށްފައިނުވާ ބައެއް އެހެން ކުންފުނިތައް ވެސް މިހާރު ފާހަގަވެފައިވާ ކަމަށެވެ. އަދި އެ ޖަމާއަތްތަކުގެ އިހުމާލުގެ ކުޑަބޮޑު މިނަށް ބަލައި އަންނަ ހަފްތާގައި އުޞޫލުގައި ބުނާގޮތުގެމަތިން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކުރުގެ އުސޫލުގައިވާ ގޮތުން އެ އުސޫލާ ހިލާފުވާ ޖަމާއަތްތައް 1،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި ވަގުތީ ގޮތުން ހުއްދަ ހިފެހެއްޓުމާއި ހުއްދަ ބާތިލްކުރުމުގެ އިހުތިޔާރު ވެސް މިނިސްޓްރީއަށް ލިބިގެން ވެއެވެ.

މި އަހަރު އުމްރާގެ އަޅުކަމަށް ގޮސް ހާލުގައި ޖެހިފައިވަނީ އަލް-ހިޖުރަ ގްރޫޕަކުން މިދިޔަ މަހުގެ ތެރޭ އުމުރާއަށް ގެންދިޔަ 23 މީހުންނެވެ. އެމީހުން ހާލުގައި ޖެހިފައިވަނީ އެ ކުންފުނިން މީހުން އަނބުރާ ގެންނަން ޓިކެޓު ނަގާފައި ނުވާތީއެވެ.

އެ މައްސަލާގައި އެ ގްރޫޕަށް މިހާރު ވަނީ ފިޔަވޅު އަޅާފައެވެ. އަދި އެ ގްރޫޕުން ދިޔަ އުމްރާވެރިން ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި މިއަދު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
tel:+9607331319