logo

ނުފުރި ތިބި ޢުމްރާވެރިންނަށް ފުރޭނެގޮތް ހަމަޖައްސައިފި

profile

ޝަހްޒާ މުޙައްމަދު - 08 މާރިޗު 2026 - 15:13

ތަފާތު ދަތިތަކާ ކުރިމަތިވެގެން މި ރަމަޟާންމަހު އުމްރާއަށް ނުފުރިފައި ތިބި 164 މީހަކު މިރޭ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

https://wamco.com.mv/

އެކި ޖަމާޢަތްތަކުގެ ފަރާތުން ޢުމްރާއަށް ދާން އުޅުނު މީހުންނާއި، ކަނެކްޓިން ފްލައިޓްތައް ކެންސަލްވުމުން މަޑުކުރަން ޖެހުނު ފަރާތްތަކަށް މަގުފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަމުރުކުރައްވާފައެވެ. މިކަމާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ޙައްޖު ކޯޕަރޭޝަން އަދި މޯލްޑިވިއަން ގުޅިގެން ވަނީ ޚާއްޞަ މަސައްކަތްތަކެއް ކޮށްފައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޝަހީމް ހާމަކުރެއްވި ގޮތުގައި، ދަތުރު ނުކުރެވި ތިބި 164 މީހުން ފުރުވައިލުމަށްޓަކައި ޙައްޖު ކޯޕަރޭޝަނުން ވަނީ މޯލްޑިވިއަންގެ މަތިންދާބޯޓެއް ޗާޓަރުކޮށްފައެވެ. މީގެ އިތުރުން މައްކާގައި އެ ފަރާތްތައް ތިބުމުގެ އެންމެހައި ކަންކަން ވެސް މިހާރު ވަނީ ތަރުތީބު ކުރެވިފައެވެ.

ކޮންމެ އަހަރެއްގެ ޙައްޖާއި ޢުމްރާގެ ދުވަސްވަރު ބައެއް އަމިއްލަ ކުންފުނިތަކުން މީހުންގެ އަތުން ފައިސާ ނެގުމަށްފަހު އޮޅުވާލާ މައްސަލަތައް ފެންމަތިވެއެވެ. މިގޮތުން މިފަހަރުވެސް އަމިއްލަ ގްރޫޕަކުން ގިނަ ބަޔަކަށް ދަތުރު ނުކުރެވޭ ގޮތް ހެދި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މި ރަމަޟާން މަހު ޢުމްރާއަށް ދިއުމަށް ތައްޔާރުވި "އަލްއަބްރާރު" ގްރޫޕުގެ ދަތުރު އެންމެ ފަހު ވަގުތު ކެންސަލް ކުރުމާ ގުޅިގެން، އެ ކުންފުންޏަށް ދީފައިވާ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ސަރުކާރުން މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk