
މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަމުން މީހަކު ހައްޔަރު ކޮށްފި

އަލީ ޝާމިލް ހަސަން - 10 ފެބްރުއަރީ 2023 - 07:33
މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަމުން މީހަކު ހައްޔަރުކޮށްފިއެވެ. މި މީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ނޮޅިވަރަމް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވަނީ ފެބްރުއަރީ 8 ވަނަ ދުވަހު ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި އެރަށު ބަނދަރު މަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 16 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތި ބޭނުން ކުރުމާއި، ޓްރެފިކް ކުރުމުގެ އިތުރުން އެ ތަކެތި ވިއްކުން ރާއްޖޭގައިވަނީ އިންތިހާއަށް އިތުރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން