logo
ރައީސް ސާލިހު އަދި ލަންކާގެ ބޮޑުވަޒީރު ރަނިލް

ރައީސް ސާލިހު އަދި ލަންކާގެ ބޮޑުވަޒީރު ރަނިލް

ސްރީލަންކާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

profile

އަހުމަދު ޒަލީފު - 04 ފެބްރުއަރީ 2023 - 08:19

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް، ސްރީލަންކާގެ 75 ވަަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

https://wamco.com.mv/

ރާއްޖެއަކީ އަބަދުވެސް ސްރީލަންކާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގައި ދެމެދުގައި އޮތް އަހުވަންތަ ގުޅުން އިތުރަށް ބަދަހިވަމުންދާނެކަމަށް ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

މި ކަމާއި ގުޅޭ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މިމަހުގެ 2 ވަނަ ދުވަހު ސްރީލަންކާއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި އެ ޤައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނަ އަދި އެ ޤައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީއާ ޝާހިދު ބައްދަލުކުރައްވާނެއެވެ.

ޝާހިދުގެ ދަތުރުފުޅުގައި ލަންކާގައި އުޅޭ ދިވެހިންނާއިވެސް ބައްދަލުކުރައްވާނެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay