
ނޑުޖެހުމަށްފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ލިވަޕޫލް
ޓޮޓްނަމްގެ މައްޗަށް 6 ލަނޑުގެ މޮޅެއް ހޯދައިގެން ލިވަޕޫލް އިތުބާރުގައި

ހަފްސީ އަބްދުﷲ - 23 ޑިސެމްބަރު 2024 - 04:10
އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލުން, ޓޮޓްނަމްގެ މައްޗަށް 6-3 ގެ މޮޅެއް ހޯދާ އިތުބާރު ދަމަހައްޓައިފިއެވެ.
ލިވަޕޫލް ލީގު ތާވަލްގެ އެއްވަނައިގައި އޮތީ 16 މެޗުން 39 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޗެލްސީ އޮތީ 17 މެޗުން 35 ޕޮއިންޓާއެކުއެވެ. ޗެލްސީ އަށް ރޭ އެވަޓަން އަތުން މޮޅުނުވެވި ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ. 33 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އާސެނަލް އެވެ. ޓޮޓްނަމް އޮތީ 23 ޕޮއިންޓާއެކު 11 ވަނައިގައެވެ.
ޓޮޓްނަމްގެ ދަނޑުގައި ލިވަޕޫލަށް ލީޑްނަގައިދިނީ 23 ވަނަ މިނިޓްގައި ލުއިސް ޑިއާޒް އެވެ. 85 ވަނަ މިނިޓްގައި ލިވަޕޫލްގެ ފަހު ލަނޑުވެސް ޖެހީ ޑިއާޒް އެވެ. ފުރަތަމަ ހާފްގައި ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހީ މެކް އަލިސްޓާ އެވެ. މަޑިސަންގެ ލަނޑުން ޓޮޓްނަމް ފަރަގު ކުޑަކޮށްފައި ވަނިކޮށް, ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ޖެހީ ސޮބޯސްލައި އެވެ. ދެވަނަ ހާފްގައި ލިވަޕޫލަށް ސަލާހު ދެ ލަނޑު ޖަހައިދިނެވެ. ޓޮޓްނަމްއަަށް މެޗުގައި ދެން ލަނޑު ޖަހައިދިނީ ކުލްސެވުސްކީ އާއ ސޮލާންކޭ އެވެ.
ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ވަނީ ބޯންމައުތް އަތުން 3-0 ން ބަލިވެފައެވެ. އަމިއްލަ ދަނޑުގައި ވީ ބައްޔާއެކު ޔުނައިޓެޑް އޮތީ 22 ޕޮއިންޓާއެކު 13 ވަނައިގައެވެ.






