
ބޭންކް އޮފް މޯލްޑިވްސްއިން މިއަދު އަލިފު އަލިފު އަތޮޅުގައި މުޅިން އަލަށް ދެ އޭޓީއެމް ސެންޓަރެއް ހުޅުވުން
ބީއެމްއެލް އިން އިތުރު ދެ އޭޓީއެމް ސެންޓަރު ހުޅުވައިފި

އައިޝަތު އިނާޝާ - 29 އޮކްޓޯބަރު 2024 - 13:24
ބޭންކް އޮފް މޯލްޑިވްސްއިން މިއަދު އަލިފު އަލިފު އަތޮޅުގައި މުޅިން އަލަށް ދެ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.
ބީއެމްއެލްއިން ބުނީ ފެރިދޫ އަދި ބޮޑުފޮޅުދޫގައި ގާއިމްކުރެވުނު މި އޭޓީއެމް ސެންޓަރުތަކާއެކު ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބޭނެ މަގު އިތުރަށް ތަނަވަސްވެގެން ދާނެ ކަމަށެވެ.
ބީއެމްއެލްއިން ބުނިގޮތުގައި މި އައު އޭޓީއެމް ސެންޓަރުތަކުން ދުވާލަކު 24 ގަޑިއިރު އަސާސީ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށާއި މީގެ ތެރޭގައި ފައިސާ ނެގުމާއި، ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފަރ ކުރުން ހިމެނެއެވެ. މި އިންވެސްޓްމަންޓާއެކު އަލިފު އަލިފު އަތޮޅުގައި ބީއެމްއެލް އިން މިވަނީ ޖުމްލަ 6 އޭޓީއެމް ސެންޓަރު ގާއިމްކޮށްފައެވެ. ފުޅާވެގެން ދިޔަ އޭޓީއެމް ވިއުގައިގެ އިތުރުން، 2006 ވަނަ އަހަރު ރަސްދޫގައި ހުޅުވުނު ބްރާންޗް މެދުވެރިކޮށް ބީއެމްއެލް އިން އަންނަނީ އަތޮޅުގައި ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދެއެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ، "އަލިފު އަލިފު އަތޮޅުގައި އޭޓީއެމް ވިއުގަ ފުޅާކޮށް، ފެރިދޫ އަދި ބޮޑުފޮޅުދޫގެ ރައްޔިތުންނަށް އަސާސީ ބޭންކިންގ ޚިދުމަތްތައް އިތުރަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަޅުގަނޑުމެން ޑިޖިޓަލް ބޭންކިންގ ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމެންޓްތަކާއެކު މި އިންވެސްޓްމަންޓަކީ އަޅުގަނޑުމެން ހިދުމަތްދޭ މުޖުތަމައުތަކަށް އެހީތެރިވުމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ހެއްކެއް." ބީއެމްއެލްގެ ސީއީއޯ ގެ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބޭންކުން ދަނީ 20 އަތޮޅުގައި 39 ބްރާންޗް، 91 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 147 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތް ދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން