
ޝާމިން ބަންދުގައި ބެހެއްޓުމަކީ ޑިމޮކްރަސީއަށް ކުރެވޭ ބޭއިންސާފެއް: ރައީސް ނަޝީދު

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2026 - 11:52
އެމްޑީޕީގެ އެކްޓިވިސްޓް މުހައްމަދު ޝާމިން ބަންދުގައި ބެހެއްޓުމަކީ ޑިމޮކްރަސީއަށް ކުރެވޭ ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި އާއްމުކުރި ވީޑިއޯއެއްގައި ރައީސް ނަޝީދު ވިދާޅުވީ ޝާމިން ބަންދުގައި ބަހައްޓާ ބެހެއްޓުމަކީ ހަމައެކަނި އޭނާއަށް ދެވޭ އަނިޔާއެއް ނޫންކަމަށާއި އެއީ ރާއްޖޭގެ ޑިމޮކްރަސީ އަށް ވެވޭ ބޭއިންސާފެއް ކަމަށެވެ.
ޝާމިން މިހާރުން މިހާރަށް ދޫކޮށްލުމަކީ ވަރަށް ބޭނުންތެރިކަމެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އަލުން އަނބުރައި ބަންދު މުއްދަތު ޖަހާ މަޖިލިސް ބާއްވަންދެން އޭނާ ޖަލުގައި ބަހައްޓާ ބެހެއްޓުމަކީ ޒާތީ މައްސަލައެއް ކަމަށެވެ.
ރައީސް ނަޝީދު ވަނީ ޝާމިން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
ކޯޓު އަމުރެއްގެ ދަށުން ޝާމިން ހައްޔަރުކުރީ މި ސެޕްޓެމްބަރު މަހުގެ 08 ވަނަ ދުވަހުއެވެ.
ޝާމިން ހައްޔަރުކޮށްފައިވަނީ އޭނާ ހައްޔަރު ކުރި ދުވަހުގެ 11 ދުވަސް ކުރިން ކޮށްފައިވާ މުޒާހަރާއެއްގެ މައްސަލައިގަ އެވެ.
ޝާމީން ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުންނެވެ.
ޝާމިންގެ ބަންދު މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައެވެ.
ޝާމިން ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން، ޝާމިން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު 28ގައި އެމްޑީޕީން ބޭއްވި އެއްވުނުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކުރި ކަމުގެ ތުހުމަތުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަތުރުވެރިކަން މިވަނީ ފުން އަނދަވަޅަކަށް ވެއްޓުމުގެ މަގުމަތީ: ޝާހިދު
13 ގަޑިއިރު ކުރިން

ޝާހު އާލަމް މަރާލި މައްސަލަ: ބަބުލް މިއާ އުުމުރަށް ޖަލަށް، މަރުގެ ދިޔައަށް އެއް މިލިޔަން ރުފިޔާ!
13 ގަޑިއިރު ކުރިން

ބިންވެރިޔާ ސްކީމް: ހުޅުމާލެ ތިންވަނަ ފިޔަވަހިން 641 ރަޖިސްޓްރީ އަދި 603 ބިން ހަވާލުކޮށްފި
15 ގަޑިއިރު ކުރިން

ލ. މާވަށު މީހަކު ޑްރަގާއެކު ލ. ކައްދޫ އެއަރޕޯޓުން ހައްޔަރުކޮށްފި
15 ގަޑިއިރު ކުރިން


