
ލ. މާވަށު މީހަކު ޑްރަގާއެކު ލ. ކައްދޫ އެއަރޕޯޓުން ހައްޔަރުކޮށްފި

އާމިނަތު ޝަޒްލާ - 17 ސެޕްޓެމްބަރު 2026 - 11:51
މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކައްދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަޒާރުމާގެ ލ. މާވަށް، އުމުރުން 31 އަހަރުގެ ޢަބްދުﷲ ޤާސިމްއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މި މަހު 15 ވަނަ ދުވަހުގެ ރޭ 7:13 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަންގައި ކައްދޫ އެއާޕޯޓު ތެރެއިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ 29.34 ގުރާމުގެ ތަކެތި ފެނިފައިވެއެެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުﷲ ޤާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފަތުރުވެރިކަން މިވަނީ ފުން އަނދަވަޅަކަށް ވެއްޓުމުގެ މަގުމަތީ: ޝާހިދު
13 ގަޑިއިރު ކުރިން

ޝާހު އާލަމް މަރާލި މައްސަލަ: ބަބުލް މިއާ އުުމުރަށް ޖަލަށް، މަރުގެ ދިޔައަށް އެއް މިލިޔަން ރުފިޔާ!
14 ގަޑިއިރު ކުރިން

ބިންވެރިޔާ ސްކީމް: ހުޅުމާލެ ތިންވަނަ ފިޔަވަހިން 641 ރަޖިސްޓްރީ އަދި 603 ބިން ހަވާލުކޮށްފި
15 ގަޑިއިރު ކުރިން

ޝާމިން ބަންދުގައި ބެހެއްޓުމަކީ ޑިމޮކްރަސީއަށް ކުރެވޭ ބޭއިންސާފެއް: ރައީސް ނަޝީދު
15 ގަޑިއިރު ކުރިން


