logo

ޝާހު އާލަމް މަރާލި މައްސަލަ: ބަބުލް މިއާ އުުމުރަށް ޖަލަށް، މަރުގެ ދިޔައަށް އެއް މިލިޔަން ރުފިޔާ!

profile

އާމިނަތު ޝަޒްލާ - 17 ސެޕްޓެމްބަރު 2026 - 13:17

ތ. ގުރައިދޫ ސިނާއީ ސަރަހައްދުގެ ކަންޑަރު ސަރަހައްދުގައި، ވަޅިން ހަމަލާދީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝާހު އާލަމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ބަންގްލަދޭޝް ރައްޔިތު ބަބުލް މިއާގެ މައްޗަށް، ގަސްތުގައި މީހަކު މަރާލި ކުށް ސާބިތުވެ، އުމުރަށް ޖަލަށް ލުމާއެކު، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

https://wamco.com.mv/

މި ހާދިސާ ހިނގާފައިވަނީ 21 މެއި 2020 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. ބަބުލް މިއާގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކޮށްފައެވެ.

ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު، ޝާހު އާލަމްގެ ވާރިސުންގެ ބަސް ހޯދުމުން، ވާރިސުން މަރުގެ ދިޔަ ބޭނުންވާ ކަމަށް ބަޔާންކޮށްފައިވެއެވެ. ވާރިސުންގެ ނިންމުމާ އެއްގޮތަށް، ބަބުލް މިއާ އުމުރަށް ޖަލަށް ލުމާއެކު، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފައިވެއެވެ. މީގެ އިތުރުން، ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމުގައި ކަނޑައަޅާފައިވެއެވެ.

އެހެންނަމަވެސް، ބަބުލް މިއާ މީގެ ކުރިން ބަންދުގައި ހޭދަކުރި މުއްދަތު، ތަންފީޒު ކުރަން ޖެހޭ ހުކުމުގެ މުއްދަތުން އުނިކުރެވޭނެއެވެ.

https://wamco.com.mv/
tel:+9607331319