logo

ފަތުރުވެރިކަން މިވަނީ ފުން އަނދަވަޅަކަށް ވެއްޓުމުގެ މަގުމަތީ: ޝާހިދު

profile

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2026 - 13:39

ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާއަށް ގެންނަމުންދާ ދެކޮޅުނުވާ އަދި ފުށުއަރާ ސިޔާސީ ބަދަލުތަކުގެ ސަބަބުން، މި ސިނާއަތް ނުރައްކާތެރި ހީނަރުކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ކަންބޮޑުވުން ކުރީގެ ހާރިޖީ ވަޒީރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ފާޅުކުރައްވައިފިއެވެ.

https://wamco.com.mv/

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ފާހަގަކުރެއްވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ޙިއްސާދާރުންނާ ފުރިހަމައަށް މަޝްވަރާ ނުކޮށް ގެންނަ ކޮންމެ ބަދަލަކީ، ދުރު ނުވަތަ ކައިރި މުސްތަގްބަލެއްގައި ނޭދެވޭ އަދި ހިތާމަވެރި ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެ ނިންމުންތަކެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުންނާ ހުޅުވިގެންވާ ދެ ފަރާތަށް ފައިދާހުރި ވިސްނުންތެރި މަޝްވަރާތަކެއް ފެށްޓެވުމަށް މަޝްވަރާކުރައްވައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ވަގުތު ނަގައިނުލައި ފިޔަވަޅު އެޅުއްވުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ޝާހިދު މި ކަންބޮޑުވުންތައް ފާޅުކުރެއްވީ، ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ޓެކްސްތަކަށް ސަރުކާރުން ބަދަލު ގެންނަން ނިންމި ނިންމުމާ ގުޅިގެން، ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ފަދަ ސިނާއަތުގެ މުހިންމު ފަރާތްތަކުން ތަފާތު ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެމ

https://wamco.com.mv/
tel:+9607331319