logo

ބިންވެރިޔާ ސްކީމް: ހުޅުމާލެ ތިންވަނަ ފިޔަވަހިން 641 ރަޖިސްޓްރީ އަދި 603 ބިން ހަވާލުކޮށްފި

profile

އާމިނަތު ޝަޒްލާ - 17 ސެޕްޓެމްބަރު 2026 - 11:56

"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މިހާތަނަށް 641 ގޯތީގެ ރަޖިސްޓްރީ އާއި 603 ބިން ހަވާލުކޮށްފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ޖުމްލަ 698 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން މިހާތަނަށް 603 ބިން ދޫކޮށްފައިވާއިރު، މިއީ އެ ފިޔަވަހިން ދޫކުރަން ކަނޑައެޅި ބިމުގެ %86 އެވެ. އަދި 641 ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާއިރު، މިއީ ޖުމްލަ އަދަދުގެ %92 އެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކުން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމުން، އެ ފަރާތްތަކަށް ލިބިފައިވާ ބިމުގެ ސަރަހައްދު ސާފުކޮށް، ބިމުގެ އިން ވަކިކުރުމަށްފަހު ބިމާ ހަވާލުވުމަށް އައުމަށް އެ ވުޒާރާއިން އަންގަމުން ގެންދާނެ ކަމަށެވެ.

View post on Twitter

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، 17 ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން އޮތީ މާލެ ސަރަހައްދުން 9،000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ ތަންތަން އޭރު ހިއްކަން ވެސް ފަށާފައި ނުވެއެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހިން ގިނަ އަދަދެއްގެ ގޯތި ދޫކުރަން ނިންމި ނަމަވެސް، މި ސަރުކާރު އައިއިރު ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި ހިއްކާފައި އޮތީ ވަރަށް ކުޑަ ސަރަހައްދެކެވެ. އެއީ 100 އެއްހާ ގޯތި ވެސް ދެވޭ ވަރުގެ ބިމެއް ނޫނެވެ.

އެހެންނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކުރެއްވި ހަލުވި މަސައްކަތުން، ވެރިކަމުގެ ދެ އަހަރު ދުވަހުގެ ތެރޭގައި ވަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ 63 ހެކްޓަރުގެ ބިން އެއްކޮށް ހިއްކައި ނިންމައިފައެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިޔައީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މެދުވެރިކޮށެވެ. މި މަސައްކަތުގައި ބޭނުންކޮށްފައިވަނީ އެއްފަހަރާ 22،000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ހުރި "ޕްރިންސް ދަ ނެދަލޭންޑެން" އަދި "އޮރެންޖް" ނަމަކަށް ކިޔާ ދެ ޑްރެޖަރެވެ. މި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ.

https://wamco.com.mv/
tel:+9607331319