
ސެއިލްސް ޕްރޮޖެކްޓުގެ އަޕްސްކްލިންގ ޕްރޮގްރާމް ލޯންޗްކޮއްފި

އާމިނަތު މޫސާ - 17 އޭޕްރީލު 2025 - 06:59
މި މިނިސްޓްރީ އިން ވާރލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން ފަށާ އަޕްސްކްލިންގ ޕްރޮގްރާމް ލޯންޗްކޮށްފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިޕްރޮގްރާމްގެ މަޤްޞަދަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކާއި ގުޅިގެން މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ބޭނުންވާނެ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމަށް މަގުފަހިކޮށްދިނުމަށް ކޮށޭ މަގެކެވެ.
އަޕްސްކްލިންގ ޕްރޮގްރާމުތަކުގެ އެއް އަމާޒަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ "ދިވެހިންނަށް ޚާއްޞަ އަދި ދިވެހީންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރުމަށް" ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން ޒުވާން ޤާބިލު ލޭބަރ ފޯސްއެއް ތައްޔާރުކުރުމެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މައިތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންނަށް ފޮރިންގ ލެންގްއޭޖު ދަސްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މެންޑަރިން، ފްރެންޗް، ސްޕެނިޝް އަދި ރަޝިޔަން ފަދަ ބަސްބަހުން މުޢާމަލާތް ކުރުމުގެ ހުނަރު ދަސްކޮށްކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ފަހިވެގެންދާނެއެވެ. ހަމަ މިއާއެކު، ދެމެހެއްޓެނިވި އަދި އިއާދަކުރުވަނި ހަކަތައިގެ ވަސީލަތްތަކަށް ބަދަލުކުރުމަށް ސަކުރާކުރުން ފަށައިފައިވާ މަސައްކަތަށް ބޭނުންވާނެ ހުނަރުވެރިން ތަމްރީންކުރުމަށާއި އަދި ގްރީން ވާރކް ފޯސްއެއް ބިނާކުރުމަށް ހާއްސަ ތަމްރީނުތަކެއް މި ޕްރޮގްތާމުގައި ހިމެނިފައިވާނެއެވެ.
އެގޮތުން މި މަހު ފެށުމަށް ހަމަޖެހިފައިވާ ތަމްރީންތަކަކީ؛
ސެޓްފިކެޓް 3 އިން މެރިން މެކޭނިކް
ސެޓްފިކެޓް 3 އިން ރިނިއުބަލް އެނަޖީ ސިސްޓަމްސް އެންޑް މެއިންޓަނަންސް
ސެޓްފިކެޓް 3 އިން ގެސްޓްހައުސް މެނޭޖުމަންޓް
ސެޓްފިކެޓް 3 އިން ސްނޯކްލިންގ ގައިޑް
ބޭސިކް ޗައިނީސް ލެންގްއޭޖް (ޓޫރިޒަމް)
ސެޓްފިކެޓް 3 އަކުއަރޓިކް ރިކްރިއޭޝަން
ސެޓްފިކެޓް 3 މޭކަޕް އެންޑް ބިއުޓީ ކެއަރ
މިނިސްޓަރީން ބުނެފައިވަނީ މި ތަމްރީންތައް ހިންގުމަށް ހަމަޖެހިފައިވަނީ މާލެ އާއި އަތޮޅުތެރޭގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން