logo

ނަވްޖޯތް ސިންގ ސިދޫ އަނެއްކާވެސް ކަޕިލް ޝޯއަށް

profile

އައިޝަތު އިބްރާހިމް - 15 ޖޫން 2025 - 05:23

މީގެ ހަ އަހަރު ކުރިން ކަޕިލް ޝަރްމާގެ ކޮމެޑީ ޝޯއިން ވަކިކުރި ނަވްޖޯތު ސިންގް ސިދޫ އަނބުރާ ޝޯއަށް ގެންނަން ނިންމައިފިއެވެ.

https://wamco.com.mv/

ނެޓްފްލިކްސް އިން މިހާރު ގެނެސްދެމުން އަންނަ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ތިންވަނަ ސީޒަން ގެނެސްދިނުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އައު ސީޒަންގެ ޕްރޮމޯޝަން މި ދުވަސްވަރު ކުރިއަށް ގެންދާއިރު، ނެޓްފްލިކްސް އިން މި މަހުގެ 10 ވަނަ ދުވަހު އިއުލާންކުރި ގޮތުގައި، އައު ސީޒަންއާއެކު ނަވްޖޯތް ސިންގ ސިދޫ ފެނިގެންދާނެއެވެ.

ކަޕިލް ޝަރުމާ ޝޯ ސޮނީ ޓީވީން ގެނެސްދިން ދުވަސްވަރު 2019 ވަނަ އަހަރު އެ ޝޯއިން ސިދޫ ވަކި ކުރީ އިންޑިއާގެ ކަޝްމީރުގެ ޕުލްވާމާގައި ޕާކިސްތާނުގެ ހަނގުރާމަވެރިން ދިން ހަމަލާގައި އިންޑިއާގެ 40 އަށް ވުރެ ގިނަ ސިފައިންގެ އޮފިސަރުން މަރައިލި ހާދިސާއާ ބެހޭ ގޮތުން އޭނާ ބައެއް މީޑިއާތަކުގައި ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ.

ބާރަތިޔަ ޖަނަތާ ޕާޓީގައި މަސައްކަތްކުރާ ނަވްޖީތް ސިންގ ސިއްދޫ ވަނީ ވަކިވަކި ފަރުދުންތަކެއްގެ ފަރާތުން ކުރިމަތިވާ ކަންކަމާ ގުޅިގެން މުޅި ޤައުމަށް އަދަބު ދިނުމަކީ އިންސާފެއް ނޫން ކަމަށް ބުނެ ސިދޫ ޕާކިސްތާން "ދިފާއު ކުރާ" މޭރުމަކުން ވާހަކަ ދައްކާފައެެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ރުޅިގަދަވެ، އޭނާ ޝޯއިން ވަކިކޮށް، ކަޕިލްގެ ޝޯ ވެސް ބޮއިކޮޮޓްކުރަން ވެސް ގޮވާލާފައިވެއެވެ.

"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ދެ ސީޒަނެއް ނެޓްފްލިކްސް އިން މިހާތަނަށް ގެނެސްދީފައިވެއެވެ. "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ދެވަނަ ސީޒަން ސްޓްރީމް ކުރަން ފަށަނީ މި މަހު 21 ގައެވެ.

ޕްރިމިއާ އެޕިސޯޑް ނެޓްފްލިކްސް އިން ދައްކަން ހަމަޖެހިފައިވަނީ ޖޫން 21 (ހޮނިހިރު) ދުވަހުގެ ރޭ 20:00 ގައެވެ. ފުރަތަމަ އެޕިސޯޑުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ފެނިގެންދާނީ ސުޕަސްޓަރ ސަލްމާން ޚާންއެވެ.

ސިދޫ ކުރިން އެ ޝޯއިން ވަކިކުރުމުން އޭނާގެ ބަދަލުގައި ހަމަޖެއްސީ އަރްޗަނާ ޕުރަން ސިންގެވެ. ނެޓްފްލިކްސް އިން ބުނި ގޮތުގައި، މިފަހަރު ފެންނާނީ ސިދޫ އާއި އަރުޗަނާ އެކުގައެވެ.

https://wamco.com.mv/
https://www.aslu.com.mv