
2023 ވަނަ އަހަރު ބޭރުގެ ދަރަނި އަދާކުރަން 318 މިލިއަން ޑޮލަރު ހޭދަކޮށްފައިވޭ: އޮޑިޓް ރިޕޯޓް

މުޙައްމަދު ފަޟްލޫން - 28 މޭ 2025 - 16:46
2023 ވަނަ އަހަރުގެ ބަޖެޓުން ބޭރުގެ އެކިފަރާތްތަކަށް ދަރަނި ދެއްކުމަށް 318.8 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި އާއްމުކުރި 2023 ވަނަ އަހަރުގެ ދައުލަތުގެ މާލީ މުއާމަލާތްަކުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެ އަހަރު ހަރަދުކުރަން 49.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިނަމަވެސް، ދައުލަތުގެ މާލިއްޔަަތާއި ބެހޭ ގާނޫނާއި ހިލާފަށް އެތައް ހަރަދެއް ވަނީ ކޮށްފައެވެ.
މަޖިލީހުން ބަޖެޓް ފާސްކުރި ނަމަވެސް މާލިއްޔަތު ގާނޫނާއި ހިލާފަށް 2023 ވަނަ އަހަރުގެ ތެރޭގައި 2.1 ބިލިއަން އިތުރަށް ވަނީ ހަރަދުކޮށްފައެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އަކީ އެކި މަޝްރޫއު ހިންގަން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވާ ފައިސާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
2023 ވަނަ އަހަރުގެ ތެރޭގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށްވެސް ހަރަދުކުރަން ހުއްދަދިން މިނަށްވުރެ އިތުރަށް ހޭދަކޮށްފައިވާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޕީއެސްއައިޕީއަށް 2023 ގެ ބަޖެޓްގައި ފާސްކޮށްފައިވަނީ 10.3 ބިލިއަން ރުފިޔާއެވެ. ނަމަވެސް މާލިއްޔަތު ގާނޫނާއި ހިލާފަށް އިތުރު 1.6 ބިލިއަން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
ސަރުކާރު ކުންފުނިތަކުގެ ފައިދާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ އާއި ކުއްޔާއި، ޖޫރިމަނާ ފައިސާ އާއި އިންޓްރެސްޓް ފައިސާގެ ގޮތުގައި ފިނޭންސް މިނިސްޓްރީ އަށް ލިބޭނެ ކަމށް ބުނެފައިވާ އަދަދުތަކުގައި ފުށުއެރުންތަކެއް ހުރިކަން އޮޑިޓްގައި ވަނީ ފާހަގަކުރެވިފައެވެ.
2023 ވަނަ އަހަރު ނިމުނުއިރު ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި 25.1 ބިލއަން ޑޮލަރަށް އަރައެވެ. 2022 ނިމުނު އިރު އެ އަދަދު ހުރީ 29.2 ބިލިއަން ރުފިޔާ ނުވަތަ 1.9 ބިލއަން ޑޮލަރުގައެވެ.
2023 ވަނަ އަހަރު ބޭރުގެ އެކި ފަރާތްތަކަށް ދަރަނި ދެއްކުމަށް ދައުލަތުގެ ބަޖެޓުން 300 ބިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދުކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން