logo
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް / ފޮޓޯ: މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް / ފޮޓޯ: މަޖިލިސް

ރަސްމާލެ މަޝްރޫއާއި ގުޅޭގޮތުން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

profile

މުޙައްމަދު ފަޟްލޫން - 26 އޮކްޓޯބަރު 2026 - 07:31

ދިވެހި ސަރުކާރުން އީގަލް ހިލްސް އާއި އެކު ހެދި ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމާއި ގުޅޭގޮތުން ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

https://wamco.com.mv/

މި ގަރާރު ބަލައިނުގަތުމަށް 45 މެމްބަރުން ވޯޓްދިން އިރު ގަރާރު ބަލައިގަތުމަށް ވޯޓް ދިނީ އެމްޑީޕީއަށް ނިސްބަތްވާ 10 މެމްބަރުންނެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި ގަރާރުގައި ދިވެހި ސަރުކާރުން އީގަލް ހިލްސް އާއި އެކު ރަސްމާލެ މަޝްރޫއާއި ގުޅިގެން ވެފައިވާ އެއްބަސްވުމުގައި ހިމެނޭ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ވަނީ ގޮވާލާފައެވެ.

ގަރާރުގައި މީކާއިލް ވަނީ ރަސްމާލޭގެ އެއްބަސްވުން އެކުލަވާލި އިރު ކަންބޮޑުވާ ކަންތައްތަކެއް ހިމެނޭކަން ފާހަގަކުރައްވާފައެވެ.

އޭގެ ތެރޭގައި:

ރައްޔިތުންގެ ޓެކްސް ފައިސާއިން ރަސްމާލޭގެ ބިން ހިއްކުމަށްފަހު، އެ ބިން ހިއްކުމަށް ދިޔަ ހަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވައިލާފައިވުން.

ރަސްމާލެއިން ހިއްކާ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ކުއްޔަށް ދީފައިވުން.

ރަސްމާލޭގައި ތަރައްގީ ކުރާ ތަންތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމުގެ ފުރިހަމަ ބާރު އެ ކުންފުންޏަށް ލިބޭގޮތަށް ހަމަޖައްސާފައިވުން.

މިފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ، ދައުލަތުގެ މުދަލާއި މާލިއްޔަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހި ވެދާނެ ކަމަކަށްވުން.

ރަސްމާލެއަކީ ދިވެހިރާއްޖޭގެ މުސްތަގުބަލުގެ ތަރައްގީއާ ގުޅިފައިވާ އެންމެ އަގުބޮޑު ގައުމީ ރައުސްމާލު ކަމުގައި ވީނަމަވެސް، އެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރުވެސް މުހިއްމު ގިނަ ކަންކަން ހުރީ ސިއްރުކޮށްފައިވާ ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އިތުރުން ސިޔާސީ އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެފަރާތްތަކުން ދަނީ ރަސްމާލެ މަޝްރޫއުގައި ސަރުކާރުން އީގަލް ހިލްސް އާއި އެކު ހަދާފައިވާ އެއްބަސްވުން ހާމަކުރަން ގޮވާލަމުންނެވެ.

https://wamco.com.mv/
tel:+9607331319