logo
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް---

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް---

މީކާއިލްގެ ސުވާލެއް: ރައްޔިތުން ޕެނަޑޯލަށް ޖެހިފައިވަނިކޮށް މިއުޅެނީ ވެރިންނަށް ލިބޭ އިނާޔަތްތައް ބޮޑުނުކުރެވިގެންތޯ؟

profile

ޖިނާން ޙުސައިން ޖަބީން - 26 އޮކްޓޯބަރު 2026 - 07:37

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމިއިރު، ރައްޔިތުން ތިބީ ޕެނަޑޯލަށް ޖެހިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، ރައްޔިތުން އުޅޭ ހާލަތު ސޯސަން މަގުން ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ. ރައްޔިތުން ޕެނަޑޯލަށް ޖެހިފައިވާ ދަނޑިވަޅެއްގައި މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން ނިންމެވިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ލަދުގަންނަވަން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އިއްޒަތްތެރި ރައީސް ސޯސަން މަގަށް ވަޑައިގެން ބައްލަވާ. ސޯސަން މަގަށް ވަޑައިގެން ބައްލަވާ އޭޑީކޭ ކުރިމަތީގައި ފާމަސީތަކުގައި ކިއޫ ޖަހާލައިފައި، ޕެނެޑޯލް ގުޅައެއް ވެސް ނުލިބޭ. އަދިވެސް މިއުޅެނީ ވަޒީރުންގެ މުސާރަތޯ ބޮޑުނުކުރެވިގެންތޯ؟ ކާރުކޮޅު ނުދުއްވެނީތޯ މިހާރު؟ މި ލިބޭ މުސާރައިން ހަމަ ނުވަނީތޯ އިއްޒަތްތެރި ރައީސް؟ ލަދުފުޅު ގަންނަވަންޖެހޭނެ. މާލިއްޔަތު ކޮމިޓީގައި އެ ފާސްކޮށްލީ ވަޒީރުންގެ މުސާރަ ބޮޑުކުރަން ޕެނެޑޯލް ގުޅައަށް ރައްޔިތުން ޖެހިފައި ތިބި ދަނޑިވަޅެއްގައި." --- މީކާއިލް ވިދާޅުވިއެވެ.

މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ރިޔާސަތުން ވަނީ ބަލައިނުގަންނަން ނިންމައި އަނބުރާ ފޮނުވާލައްވައިފައެވެ. މާލިއްޔަތު ކޮމިޓީގެ މި ނިންމުމުގެ ސަބަބުން ދައުލަތުގެ ހަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ބުނެ، އެމްޑީޕީން ވަނީ މި ނިންމުން ބަދަލުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ގޮވާލާފައެވެ. މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުމަށާއި، ވަޒީރުންނަށް ދޭ ކާރުގެ އިނާޔަތާއި ރަށު ކައުންސިލްތަކުގެ މުސާރަ ވެސް އިތުރުކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ، މިހާރު ލިބިވަޑައިގަންނަވާ 73,125 ރުފިޔާއިން 95,125 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައިވަނީ، ކޮމިޓީން ފާހަގަކުރައްވާފައިވާ ގޮތުގައި، އެ މަނިކުފާނަށް ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިނުގަނެވޭތީ، މެންބަރުންނަށް ލިބިވަޑައިގަންނަވާ ކޮމިޓީ އިނާޔަތް އެ މަނިކުފާނަށް ނުލިބިވަޑައިގަންނަވާތީ ކަމަށެވެ. މިހާރު މަޖިލީހުގެ ނައިބު ރައީސަށް މަހަކު 91,000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މެންބަރުންނަށް ލިބިވަޑައިގަންނަވަނީ 82,500 ރުފިޔާއެވެ.

https://wamco.com.mv/
tel:+9607331319