logo
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް، ފޮޓޯ: މަޖިލިސް

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް، ފޮޓޯ: މަޖިލިސް

އިލިޔާސް އިބްރާހީމަށް ދައުލަތުން ފައިސާ ދީފިނަމަ އެއީ ސީދާ ކޮރަޕްޝަން: މަލީހް

profile

އާމިނަތު ޝަޒްލާ - 27 ނޮވެމްބަރު 2026 - 11:39

ކުރީގެ ވަޒީރު އިލިޔާސް އިބްރާހީމަކީ ދައުލަތުން މާލީ އެހީތެރިކަން ދޭންޖެހޭ ވަރަށް ވުރެ މާ ތަނަވަސް ބޭފުޅެއް ކަމަށާއި، އޭނާއަށް ދައުލަތުން އެއްވެސް ފައިސާއެއް ދީފައިވާނަމަ އެއީ ސީދާ ކޮރަޕްޝަން ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މަލީހް މިފަދައިން ވިދާޅުވީ އިލިޔާސް އިބްރާހީމަށް "އިންސާނިއްޔަތަށްޓަކައި" ކަމަށް ބުނެ ދައުލަތުގެ ބަޖެޓުން 2.7 މިލިއަން (ދެ މިލިއަން ހަތްލައްކަ) ރުފިޔާގެ ހިލޭ އެހީއެއް ދީފައިވާ ކަމަށް ބުނެ ލިޔެފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާ މަންސައެއް ކަމަށްވާ އެކްސްގައި ހިއްސާކުރަމުންނެވެ.

View post on Twitter

ޕޯސްޓެއްގައި މަލީހް ވިދާޅުވީ، ދައުލަތުގެ ފައިސާ އެފަދަ ގޮތަކަށް ބެހުމަކީ އެއްގޮތަކަށްވެސް އޮންނަ އުސޫލެއް ނޫން ކަމަށެވެ. އަދި އިލިޔާސް އިބްރާހީމަކީ އެ ފަދަ އެހީއަކަށް ބޭނުންވާ ވަރަށް ވުރެ މާ ތަނަވަސް ބޭފުޅެއް ކަމަށް ފާހަގަކުރައްވައި، މަލީހް ވިދާޅުވީ އެ ފައިސާ ދީފައިވާނަމަ އެއީ ސީދާ ކޮރަޕްޝަން ކަމަށާއި އެ ފައިސާ ވަގުތުން ދައުލަތަށް އަނބުރާ ހޯދަން ޖެހޭނެ ކަމަށެވެ.

"ތީމުގެއިން ސިޓީ ބެހި ޒަމާން ރައްޔިތުން ވަނީ ނިންމާފައި. އެފަދަ ކަންކަމަށް މިހާރު ޖާގައެއް ނެތް،" މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް އިޝާރާތް ކުރައްވަމުން މަލީހް ލިޔުއްވާފައިވެއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން މިފަދަ ބޭކާރު ހަރަދުތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އިލިޔާސް އިބްރާހީމަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދައުލަތުގެ ބޮޑެތި އަދި ނުފޫޒުގަދަ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ، އަދި ވިޔަފާރީގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

މި މައްސަލައިގައި ދައުލަތުގެ ބަޖެޓުން މިފަދަ އެހީއެއް ދީފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުން ދިޔަ ނަމަވެސް، މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއީ ކިހާ މިންވަރެއްގެ ހަގީގަތެއް އެކުލެވޭ ކަމެއްކަން ސަރުކާރުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

https://wamco.com.mv/
tel:+9607331319