
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
މިއަދު ގާނޫނުތައް ހަދަނީ އަލް އައްބާރު ބުނާގޮތަށް: މައުރޫފް

މުޙައްމަދު ފަޟްލޫން - 27 ނޮވެމްބަރު 2026 - 10:44
އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލް އައްބާރު ބުނާގޮތަށް ގާނޫނުތައް މިއަދު ހަދަމުންދާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއާ ޙަވާލުކުރުމުގެ ކުރިން އެކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން ބޭއްވި "އަހާބަލަ" އެއްވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުމުގެ ފުރުސަތު ހަނިކޮށްފައިވަނީވެސް އަލްއައްބާރުގެ ނުފޫޒުން ކަމަށެވެ.
މީގެއިތުރުން، ރަސްމާލެއާ ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އެ މަޝްރޫއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ނުލައި އެ ބިމުގައި އެއްވެސް ކަމެއް ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، އެތަނުގައި ވަޒަންވެރިވާ ބަޔަކު ނެރެ ބާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގައުމު ހިންގުމުގެ ކަންކަން ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިޔާސީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރެއްވިއެވެ. އަދި ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުމާ ދިވެހި ރައްޔިތުން ދެކޮޅުކަން ރައީސް މުއިއްޒަށް ދެންނެވުމަށް އަލްއައްބާރަށް މައުރޫފް ގޮވާލެއްވިއެވެ.
ހަމައެއާއެކު، ރިއަލް އެސްޓޭޓްގެ ގާނޫނާއި އިމިގްރޭޝަން ގަނޫނަށް ގެންނަ އިސްލާޙުތަކާއި، ރައްޔިތުންގެ މަޝްވަރާއެއް ނެތި ކުރިއަށްގެންދާ މިފަދަ އެއްވެސް ކަމަކަށް ތާއީދުނުކުރުމަށް އެދި، ކޮންމެ ރައްޔިތަކުވެސް އެ ރައްޔިތެއްގެ ދާއިރާ ތަމްސީލުކުރައްވާ މަޖިލިސް މެންބަރަށް ދެންނެވުމަށް މައުރޫފް ވަނީ އިލްތިމާސްކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވައިގެ ސަރަހައްދަށް ވަދެއްޖެނަމަ ބޯޓުތައް ވައްޓާލާނެ ކަމަށް ބުނެ އީރާނުން އިންޒާރުދީފި
12 ގަޑިއިރު ކުރިން

އިލިޔާސް އިބްރާހީމަށް ދައުލަތުން ފައިސާ ދީފިނަމަ އެއީ ސީދާ ކޮރަޕްޝަން: މަލީހް
15 ގަޑިއިރު ކުރިން

ނިލަންދޫގައި ބިރުވެރިކަން އުފެދޭ ގޮތަށް ޢަމަލުކުރި ބައެއްގެ މައްސަލަ ސާބިތުނުވި ނިންމުން އިސްތިއުނާފު ކުރަނީ
16 ގަޑިއިރު ކުރިން

ސަމްޕާ ސަރަޙައްދުގައި ބޭނުންކުރާ އުޅަނދުތަކުގައި ޕްރޮޕެލާގާޑް ހަރުކުރަން އަންގައިފި
16 ގަޑިއިރު ކުރިން


