logo
ރާއްޖޭގެ އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަމްޕާ ސަރަހައްދު، ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގެ އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަމްޕާ ސަރަހައްދު، ފޮޓޯ: ސޯޝަލް މީޑިއާ

ސަމްޕާ ސަރަޙައްދުގައި ބޭނުންކުރާ އުޅަނދުތަކުގައި ޕްރޮޕެލާގާޑް ހަރުކުރަން އަންގައިފި

profile

އާމިނަތު ޝަޒްލާ - 27 ނޮވެމްބަރު 2026 - 10:25

ޙިމާޔަތްކޮށްފައިވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަމްޕާ) އަށް ސްނޯކަލިންގ އަދި ޑައިވިންގއަށް މީހުން އުފުލާ އުޅަނދުފަހަރުގައި ޕްރޮޕެލާގާޑް ހަރުކުރުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އަންގައިފިއެވެ.

https://wamco.com.mv/

އެ މިނިސްޓްރީން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން 5 ޖޫން 2009 ގައި ޙިމާޔަތްކޮށްފައިވާ ސަމްޕާ ސަރަޙައްދު ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭންގެ 12 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން، 31 ޑިސެންބަރު 2026 ގެ ކުރިން އެފަދަ އުޅަނދުތަކުގައި ޕްރޮޕެލާގާޑް ހަރުކުރަން ޖެހެއެވެ.

View post on Twitter

މި ފިޔަވަޅަކީ އެ ސަރަޙައްދުގެ ކަނޑުގެ ދިރުންތަކާއި، ފަތުރުވެރިން އަދި ފީނަންދާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހަނދާންކޮށްދީފައިވާ ގޮތުގައި، 31 ޑިސެންބަރު 2026 ގެ ފަހުން ސަމްޕާ ސަރަޙައްދުގައި ސްނޯކަލިންގ އަދި ޑައިވިންގއަށް މީހުން އުފުލުމުގައި ބޭނުންކުރެވޭނީ ހަމައެކަނި ޖެޓް އިންޖީނުލީ ނުވަތަ ޕްރޮޕެލާގާޑު ހަރުކޮށްފައިވާ އުޅަނދުފަހަރެވެ.

ވީމާ، މި ސަރަޙައްދުގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މި އިންތިޒާމުތައް ހަމަޖެއްސުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319