logo
ހުޅުމާލޭގައި ހުއްދަނެތި ހިންގި 4 ކެފޭއެއް  ބަންދުކުރުން

ހުޅުމާލޭގައި ހުއްދަނެތި ހިންގި 4 ކެފޭއެއް ބަންދުކުރުން

ހުޅުމާލޭގައި ހުއްދަނެތި ހިންގި 4 ކެފޭއެއް ބަންދުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 28 އޮކްޓޯބަރު 2026 - 06:15

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް، ހުއްދަނެތި ކާބޯތަކެތީގެ ހިދުމަތް ދެމުންދިޔަ 4 ތަނެއް ބަންދުކޮށްފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެމްއެފްޑީއޭ އިން ބުނީ އެޗްޑީސީ އާ ގުޅިގެން މި އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގައި ހާއްސަ އިންސްޕެކްޝަން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ ހިލާފަށް އަދި ހުއްދަނެތި ހިންގާ ތަންތަން ފާހަގަކުރުމަށް ހިންގި މި އޮޕަރޭޝަންގައި، ހުޅުމާލޭގެ 26 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމްއެފްޑީއޭ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަމިއްލަ ދިރިއުޅުމަށްޓަކައި ގޭގައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ މިންގަނޑުތަކަށް އަމަލުކުރޭތޯ ބެލުމުގެ ގޮތުން، ހާއްސަ ސަވައިލަންސް އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް އެމްއެފްޑީއޭ އިން ވަނީ ނިންމާފައެވެ.

އަންނަ ނޮވެމްބަރު މަހުގެ 5 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އިންސްޕެކްޝަންގައި، އެމްއެފްޑީއޭގައި ދަފުތަރުކޮށްގެން ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް ޒިޔާރަތްކޮށް، ކަންކަން ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
tel:+9607331319