
ވިލިމާލެ
ވިލިމާލޭގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމް ކުރަނީ

އައިޝަތު އިނާޝާ - 08 އޮކްޓޯބަރު 2024 - 10:29
ވިލިމާލޭގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިކަމަށްޓަކައި ކުލާސްތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކަމަށެވެ. އެގޮތުން ވިލިމާލެ މަސްޖިދުލް ބިއްރިގައި 2 ކުލާސްރޫމް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން އަންނަނީ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މަސައްކަތް މާލެ ސިޓީ ކައުންސިލް ކުރިއަށް ގެންގޮސްދެއްވާތީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވަނީ މާލެ ސިޓީ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ގޮފި ވަރަށް އަވަހަށް ހުޅުވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޤުރުއާނާއި ބެހޭ މަރުކަޒުން މިހާރުވެސް އަންނަނީ މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު ގިނަ ޕްރޮގުރާމުތަކާއި ކުލާސްތައް ކުރިއަށް ގެންދަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން