logo

ޓެކްނޮލޮޖީގެ ދާއިރާއިން ކަޒަގިސްތާނާއި އެކު އެއްބަސްވުމެއް

profile

ޝުރުފާ މުހަންމަދު - 05 ސެޕްޓެމްބަރު 2024 - 10:49

ކަޒަގިސްތާނާއި ރާއްޖެ އާއި ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން އެއްބަސްވުމެއްގައި ސޮއިކުރުން--- ފޮޓޯ: ހޯމް މިނިސްޓްރީ

ކަޒަގިސްތާނާއި ރާއްޖެ އާއި ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން އެއްބަސްވުމެއްގައި ސޮއިކުރުން--- ފޮޓޯ: ހޯމް މިނިސްޓްރީ

ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ކަޒަގިސްތާނާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތެވެ. އަދި ކަޒަކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކިސްތާނު ސަރުކާރުގެ ޑިޖިޓަލް ޑެވެލޮޕްމެންޓް، އިނޮވޭޝަން އެންޑް އެއިރޮސްޕޭސް އިންޑަސްޓްރީގެ މިނިސްޓަރު ޒްހާސްލަން މަޑިޔެވް އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކަޒަކިސްތާނުގައި މިހާރު ކުރިއަށްދާ އޭޝިއާ ޕެސިފިކް، މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޖިޓަލް އިންކްލޫޝަން އެންޑް ޓްރާންސްފޮމޭޝަން ކޮންފަރެންސްގެ ހަވާސާގެ ތެރެއިންނެވެ.

ކަޒަކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ޓެކްނޮލޮޖީ ގެ ދާއިރާއިން އެއްބާރުލުން ދިނުމާގުޅޭ ފަހުމުނާމާގައި ސޮއިކުރުން. pic.twitter.com/oCD7We7ZRq

— Ministry of Homeland Security & Technology, MV (@HomeMinistrymv) September 4, 2024 " target="_blank"

މި އެއްބަސްވުމުގެ ދަށުން ދެ ގައުމު ގުޅިގެން، ޓެކްނޮލޮޖީގެ ދާއިރާއިން މީހުން ބިނާ ކުރުމާއި، ދެ ގައުމަށް ދިމާވެފައިވާ އެކި ކަހަލަ ގޮންޖެހުންތައް ހައްލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

tel:+9607331319