logo

ބިދޭސީންގެ ފީ ނުދައްކާ ފަރާތްތަކަށް އިތުރު ފުރުސަތެއް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 17 އޯގަސްޓު 2024 - 22:48

ބިދޭސީންތަކެއް މަޑުކޮށްލައިގެން

ބިދޭސީންތަކެއް މަޑުކޮށްލައިގެން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމާނަ ތައް ދައްކަން ލިބޭ މުއްދަތު ހޯމް ލޭންޑް މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.

ބިދޭސީންގެ ކޯޓާއާއި ފީތަކުގެ ގޮތުގައި ލައްކަ އަކަށް ވުރެ ގިނަ ފައިސާ ނުދައްކާ ހުރި ކުންފުނިތަކުގެ ލިސްޓު އާއްމުކުރަން ނިންމައި، އެ ފައިސާ ދައްކާ ހަލާސްކުރަން ދެ ހަފްތާގެ މުއްދަތެއް ދިނުމަށް ފަހު އޭގެ ފުރަތަމަ ލިސްޓު މިނިސްޓްރީން އާއްމުކުރީ ހުސްވި ޖުލައި މަހުގެ 24 ގަ އެވެ. މިނިސްޓްރީން ބުނިގޮތުގައި ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް 1.7 މިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ.

އެ ފައިސާ ދައްކަން މިނިސްޓްރީން ފުރުސަތު ދިނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު، އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މި މަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައިވާކަން ހާމަކޮށްފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާނަމަ، އަންނަ ސެޕްޓެމްބަރު މަހުގެ 1 އިން ފެށިގެން 'އެކްސްޕެޓް ސިސްޓަމް' އިން ކުންފުނި ސަސްޕެންޑް ކޮށް، ހިދުމަތްތައް ކަނޑާލާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

tel:+9607331319