logo

ދުނިޔޭގެ ފެންވަރުގެ ކުށްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރަންޖެހޭ: ވަޒީރު އިހުސާން

profile

އާމިނަތު ޝަފާ - 11 ސެޕްޓެމްބަރު 2024 - 09:50

ދާހިލީ ވަޒީރު އަލީ އިހުސާން

ދާހިލީ ވަޒީރު އަލީ އިހުސާން

ދުނިޔޭގެ ފެންވަރުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ދާހިލީ ސަލާމާތާއި ފަންނީއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޖިއަންސޫ ޕްރޮވިންސުގައި ކުރިއަށްދާ ގްލޯބަލް ޕަބްލިކް ސެކިއުރިޓީ ފޯރަމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން ހިނގާ ސައިބަރކްރައިމްއާއި، ޓެރަރިޒަމްގެ މައްސަލަތަކުގެ އިތުރުން ގައުމުތަކުގެ ތެރޭގައި ހިންގާ ބޮޑެތި ކުށުގެ ނެޓްވޯޓުތަކުން ގުޅިގެން ހިންގާ ކުށްތައް ހުއްޓުވަން މިހާރަށް ވުރެ ބޮޑަށް ގައުމުތަކުން އެއްބައިވެގެން މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.


ގައުމުތަކުގެ މެދުގައި ހުރި ތަފާތުތައް އެއް ފަރާތްކޮށް، އެއް މަގުސަދެއް ހާސިލުކުރުމަށް ގުޅިގެން މަސައްކަތް ކުރަން މިއަދު މަޖުބޫރުކަމަށް ވިދާޅުވެ އަންނަން އޮތް ޖީލުތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތް ދުނިޔެ ލިބިގެންދާނީ މިގޮތައް އަމަލުކޮށްގެންކަމަށް ވިދާޅުވިއެވެ.

ވަޒީރު އިހުސާންގެ މި ދަތުރުފުޅަކީ ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުުފުޅުގައި ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އިތުރު މަޝްވަރާތައް ކުރަން ނިންމާފައިވާއިރު ހާއްސަކޮށް ދިވެހި ފުލުހުންގެ ހިދުމަތަށް ކުރިއެރުން ގެނެސްދިނުމަށް މަޝްވަރާތައް ބާއްވާނެކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.
ގްލޯބަލް ސެކިއުރިޓީ ކޯޕަރޭޝަންގަގައި 122 ގައުމެއްގެ ސަލާމަތީ އިދާރާތަކުން ބައިވެރިވެއެވެ.

tel:+9607331319