logo

ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި މިނިސްޓަރު ބައްދަލުކުރައްވަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 17 އޯގަސްޓު 2024 - 22:55

ވަޒީރު އިހުސާން

ވަޒީރު އިހުސާން

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ހުއްދަތއް ދޫކުރުމަށް ގެންގުޅޭ އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ބައްދަލުކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ.

މިނިސްްޓްރީން ވަނީ އެ ބައްދަލުވުމުގައި ބައިވެރިވާން އެދޭ ވަޒީފާދޭ ފަރާތްތަކާއި އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކުން ފޯމެއް ހުށަހަޅަން އެދިފަ އެވެ. އަދި އެ ފޯމު އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފުރިހަމަކުރަން ޖެހޭނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެ ބައްދަލުވުން ބާއްވާނެ ގަޑި ހާމަކުރާނީ ފަހުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

tel:+9607331319