
މަސްވެރިކަން ކުރަނީ
މައްސަލަ ހައްލުކުރާނީ ޝަކުވާތަކަށް ބެލުމަށްފަހު: މަސްވެރިކަމާބެހޭ ވުޒާރާ

އާމިނަތު ޝަފާ - 18 އޯގަސްޓު 2024 - 14:03
ލޭނުމަސްވެރިކަން ދިވެހިރާއްޖޭގައި އަލުން ހުޅުވާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައި އެކަމުގެ ގަވާއިދު އެކުލަވާލައި ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ޝަކުވާ ލިބިފައިވާ ކަމަށާއި ލޭނު އެޅުން ހުއްދަކުރާނީ މި ޝަކުވާތަކަށް ބެލުމަށްފަހު ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
ގަވާއިދަށް ޝަކުވާ ހުށަހެޅުުމުގެ ސުންގަޑި ހަމަވީ މިއަދު 12:00 ގައެވެ. މަސްވެރިކަމާބެހޭ ވުޒާރައިން ބުނީ އާއްމުންނާއި ޖަމިއްޔާތަކުގެ ފަރާތުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވައިލާއިރު ފާއިތުވީ ތަނުގައި ދިވެހިރާއްޖޭގައި ލޭނު މަސްވެރިކަން ކުރިއިރު ލިބިފައި ހުރި ތަޖުރިބާއަށް ބަލައި، ލޭނު މަސްވެރިކަމަކީ ދިވެހީންނަށް ފައިދާހުރި އަދި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތައް ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމުގެ ގޮތުން ހާއްސަ މާއްދާތަކެއް މި ގަވާއިދުގައި ހިމަނާފައި ވާނެކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރެވޭ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ މަނާކަމެއްކަމަށް އެކުލަވާލާފައިވާ މާއްދާއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމާއި އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް އެކަމުން ލިބޭ ނަފާ އިތުރުކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ.
އެގޮތުން ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު އަދި މަސްވެރިކަމުގައި އަމާޒުނުކުރާ ބާވަތްތައް ދުނިޔެ ގަބޫލުކުރާ ބެސްޓް ޕްރެކްޓިސްތަކާއި ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް، މިޔަރުގެ ބާވަތްތައް ޕްރޮސެސްކުރުމުގެ ހުއްދަ އޮތް ފެސިލިޓީތަކުން ޕްރޮސެސްކުރުމުގެ ފުރުޞަތު މި ގަވާއިދުގެ ދަށުން ފަހިވެގެން ދާނެއެވެ. އެހެންނަމަވެސް މިއީ ދިވެހިރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުމަށް ހުޅުވާލުން ނޫން ކަމަށާއި އަދި ހުޅުވާލުމުގެ ވިސްނުމުގައި އަޅާ ފިޔަވަޅެއްވެސް ނޫންކަން މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މިގޮތުން، ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސް ކުރެވޭ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ މިގަވާއިދުގެ ދަށުން މަނާކަމެކެވެ. އަދި މިގަވާއިދު ފަރުމާކުރުމުގައި ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ފަދަ މަސްވެރިކަމުގައި ހިފޭ ބައިކެޗް މަދުކުރުމުގެ ގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ހިމެނިފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 115 ކަނދުފަތި އަޅައިފި
33 މިނިޓު ކުރިން

އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ޣައްޒާއަށް އަނެއްކާވެސް ނުރައްކާތެރި ހަމަލާތަކެއް ދީފި
8 ގަޑިއިރު ކުރިން

ކާބޯތަކެތީގެ އަގު ބަދަލެއްނެތި ހެޔޮކޮށް ލިބޭނެ: އެސްޓީއޯ
11 ގަޑިއިރު ކުރިން

ރޭ އަލިފާން ރޯވެފައިވަނީ ހުސްތަނެއްގައި، މީހަކަށް އަނިޔާއެއް ނުވޭ: އެންޑީއެމްއޭ
11 ގަޑިއިރު ކުރިން


