logo
މަސްވެރިކަމަށް ހާއްސަކޮށް ރާއްޖޭގައި އަޅާފައިވާ ކަނދުފަތި---

މަސްވެރިކަމަށް ހާއްސަކޮށް ރާއްޖޭގައި އަޅާފައިވާ ކަނދުފަތި---

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 115 ކަނދުފަތި އަޅައިފި

profile

ޖިނާން ޙުސައިން ޖަބީން - 22 ނޮވެމްބަރު 2026 - 20:17

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާތަނަށް 115 ކަނދުފަތި އަޅައިފިއެވެ.

https://wamco.com.mv/

މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް އަޅާފައިވާ ކަނދުފަތިތަކުގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ހާއްސަ 60 ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ އަދި ފަރުމަސްވެރިކަމަށް އަމާޒުކޮށް އަޅާފައިވާ 55 ވަދު ކަނދުފައްޗެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފަތި ވަނީ އަޅާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތި އެޅުމާއި މަރާމާތު ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ފާއިތުވި އޮކްޓޫބަރު މަހުން ފެށިގެން މިމަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް ވެސް އިތުރު 5 ސަރަޙައްދެއްގައި ވަނީ ކަނދުފަތި އަޅާފައެވެ. އެއީ 4 ދޮށީ ކަނދުފައްޗާއި ވަދު ކަނދުފައްޗެކެވެ.

އެންމެފަހުން ކަނދުފަތި އެޅި ސަރަޙައްދުތައް:

  1. ކ. ދިއްފުށީގެ އިރުން 13 މޭލު ބޭރުގައި (ދޮށީ ކަނދުފަތި)
  2. ރ. އުނގޫފާރުގެ އިރުން 6 މޭލު ބޭރުގައި (ވަދު ކަނދުފަތި)
  3. ޅ. ރަތްރުއްހުރާގެ އިރުން 30 މޭލު ބޭރުގައި (ދޮށީ ކަނދުފަތި)
  4. ބ. ތުޅާދޫގެ ހުޅަނގުން 10 މޭލު ބޭރުގައި (ދޮށީ ކަނދުފަތި)
  5. އއ. މަތިވެރީގެ ހުޅަނގު އުތުރުން 15 މޭލު ބޭރުގައި (ދޮށީ ކަނދުފަތި)

ކަނދުފައްޗަކީ ދިވެހި މަސްވެރިންގެ އާންމު ދިރިއުޅުމާއި އާމްދަނީއާ ސީދާ ގުޅިފައިވާ މުހިންމު ވަސީލަތަކަށް ވާތީ، އޮއިވަރާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނދުފަތި ކަނޑައިގެން ދިއުމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، ފާއިތުވި 40 އަހަރު ދުވަހު ރާއްޖޭގައި ބޭނުންކުރަމުން އައި ބާ ފަރުމާ ބަދަލުކޮށް، ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ޖަމްއިއްޔާ (އެފްއޭއޯ) އާ ގުޅިގެން މިހާރު ވަނީ ޒަމާނީ އައު ޑިޒައިނަކަށް ކަނދުފަތިތައް ބަދަލުކުރަން ފަށާފައެވެ. މި ބަދަލާއެކު ކަނދުފަތިތައް އަވަސްއަވަހަށް ކަނޑައިގެންދާ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

https://wamco.com.mv/
tel:+9607331319