logo

ފަރުމަސް އާލާކުރަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

profile

ރިޟްވާން މޫސާ - 22 ޖޫން 2026 - 05:53

ފަރުމަސް އާލާ ކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

https://wamco.com.mv/

ފަރުމަސް އާލާކުރުމުގެ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމަކީ މަސްވެރިކަމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" އެކެވެ. މީގެ ކުރިން ވަނީ މިފަދަ އެއް ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމާއި، ކަނޑު ފަޅުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށާއި، މީހުން ބިނާކުރުން ކަމަށެވެ.

undefined

މި ކޯސް ކުރިއަށްދާނީ އޮގަސްޓު 8އިން އޮގަސްޓު 20ވަނަ ދުވަހާއި ހަމައަށެވެ. 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި 15 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްއަށް ހުށަހެޅުއްވުމަށް އެ ވުޒާރާއިންވަނީ އެދިފައެވެ. މީގެ އިތުރުން މި އީމެއިލް މެދުވެރިކޮށް ވެސް ހުށައެޅޭނެ އެވެ.

ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 15 ފަރާތެއް ހޮވަނީ ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ޝަރުތު ފުރިހަމަ ވޭތޯ ބެލުމަށްފަހު ފޯމު ހުށައެޅި ފަރާތްތަކުގެ ތަރުތީބުންނެވެ.

ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައިކަމަށެވެ. އަދި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދެނީ މަސްވެރިކަމާއިބެހޭ ވުޒާރާއިންނެވެ.

https://wamco.com.mv/
tel:+9607331319