logo

އަންނަ ދިރާސީ އަހަރު، ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މާދަމާ ހުޅުވާލަނީ

profile

އައިޝަތު އިނާޝާ - 15 އޮކްޓޯބަރު 2024 - 19:04

ފޮޓޯ: ސޯޝަލް މީޑީއާ

ފޮޓޯ: ސޯޝަލް މީޑީއާ

އަންނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާ އިން ފެށިގެން ހުޅުވާލަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ވަނީ ފަށާފައެވެ. މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށެވެ. މި އޮންލައިން ފޯމް މިިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ނޮވެމްބަރު 2024 އެވެ. ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެެވެ.

ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރު މާލޭ ސަރަހައްދުން އެކަނި ވެސް ގްރޭޑް އެކަކަށް 2،250 ދަރިވަރުން އަލަށް ވައްދާފައިވެއެވެ. އަތޮޅު ތެރޭ ސްކޫލުތަކުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ޖުމުލަ 1،126 ދަރިވަރުން ވަނީ ބަދަލުވެފައެވެ. މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ވެސް 1،000 އެއްހައި ދަރިވަރުން ބަަދަލުވެފައިވެއެވެ.

މިއަހަރުގެ ދިރާސީ އާ އަހަރު ފެށިއިރު، 96،000 އަށްވުރެ ގިނަ ދަރިވަރުން އެކި ސްކޫލުތަކުގައި ކިޔަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. އޭގެ ތެރެއިން 17،000 ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނެވެ.

https://int.etukuri.mv/
tel:+9607331319