logo

ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ތައުލީމީ ޒުވާނުންގެ ބައިވެރިވުން މުހިންމު: މިނިސްޓަރ ހައިދަރު

profile

ޒިދާން މުޙައްމަދު - 29 ސެޕްޓެމްބަރު 2024 - 13:00

ވިލާކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ވިލާކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ތައުލީމީ ޒުވާނުންގެ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޭނުންވާކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ވިލާކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަސްވެނިވި ދަރިވަރުންނާއި މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖެ އިންތިޒާރުކުރަނީ ފަންނީ އެކި ރޮނގުތަކުން ދަސްވެނިވާ ދަރިވަރުންގެ ތަނަވަސް ހިޔާލުތަކާއި، އެ ދަރިވަރުންގެ އުންމީދީ ތަސައްވުރުތަކަށް ކަމަށެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ކުރިމަގު ބައްޓަންކުރުމުގައި މި ދުވަސްކޮޅަކީ މުހިންމު ދުވަސްކޮޅެއް ކަމަށެވެ.

ރާއްޖޭގެ ތަރައްގީގެ 20 އަހަރުގެ މާސްޓަ ޕްލޭން އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްކުރަން ފެށްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފައިވާ ކަމަށާއި، އެކަމަށް ތައުލީމީ ޒުވާނުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވިލާކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

"މިކަމަކީ ހަމައެކަނި އުމްރާނީ ތަރައްގީ ހާސިލުކުރުމަށް ކުރެވޭ މަސައްކަތެއް ނޫން. މިކަން ވެގެންދާނީ ރާއްޖޭގެ އިޤްތިސާދު ބަރޯސާވެފައިވާ ބޮޑެތި ސިނައަތްތަކާއި އަދި އަލަށް ތައާރަފުކުރެވޭނެ ސިނާއަތްތައްވެސް ތަރައްޤީކުރުމުގައި ވަކި އަމާޒުތަކަކާއި ލަނޑުދަނޑިތަކެއް އޮވެގެން ޤައުމީ މަސައްކަތްތަކެއް ކުރުމަށް ރާވާލެވޭ ދިގުމުއްދަތުގެ މަގުޗާޓަކަށް"

ގައުމެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ އިންސާނީ ވަސީލަތް ތަރައްޤީކުރުން ކަމަށްވާއިރު، ފަންނީ އެކި ރޮނގުތަކުން ދަސްވެނިވާ ދަރިވަރުންނަކީ އެ ފިކުރީ ތަރައްޤީ ގެނައުމުގެ ބައިވެރިންކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒު އދގެ އާންމު މަޖިލީހުގެ 59 ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި 2040 ވަނަ އަހަރުގައި ރާއްޖެއަކީ ތަރައްޤީވެފައިވާ ގައުމަކަށް ހެއްދެވުމުގެ އަމާޒު ހާމަކުރެއްވި ކަމަށާއި، އެ ލަނޑުދަނޑި ހާސިލުކުރުމަށް ފަންނީ އެކި ރޮނގުތަކުން ދަސްވެވެނިވާ އަދި ދަސްވެނިވެފައިވާ ތައުލީމީ ޒުވާނުންގެ ބައިވެރިވުން ނުހަނު ބޭނުންވާނެ ކަމަށް މިނިސްޓަރ ޑރ. ހައިދަރު ވިދާޅުވިއެވެ.

" މިފަދަ އުސްމިންތަކަކަށް ރާއްޖެ ގެންދިއުމުގައި އެންމެހާ ދިވެހިރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އަމަލީ މަސައްކަތް ބޭނުންވާނެ. ވަކިން ހާއްސަކޮށް ތިޔަ ދަސްވެނިން ފަދަ އިލްމީ ގާބިލު ރައްޔިތުންގެ ހިއްސާ ބޮޑު" ޑރ. ހައިދަރު

އިއްޔެ ބޭއްވި ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ދެ ރަސްމިއްޔާތުގައި ޖުމުލަ 796 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

https://wamco.com.mv/
tel:+9607331319