logo

ސްޓެލްކޯއިން ސްމާޓު މީޓަރު ހަރުކުރަން ފަށަނީ

profile

އާމިނަތު ޝަފާ - 29 އޯގަސްޓު 2024 - 18:00

ސްޓެލްކޯގެ ބައްދަލުވުމުގެ ތެރެއިން

ސްޓެލްކޯގެ ބައްދަލުވުމުގެ ތެރެއިން

ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށަން އެ ކުންފުނިން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަ މަހު ރަސްމީކޮށް ފަށާނެ ކަމަށާއި މިހާރު އެކަމަށް ބޭނުންވާ ތަކެތި ފޯރުކޮށްދެމުންދާ ކަމަށެވެ.

ފަހުމީ ވިދާޅުވީ މިހާރު ސްމާޓު ގިލްޑް ސިސްޓަމް ގާއިމުކޮށް ނިމިފައިވާ ކަމަށެވެ.

"ހުރިހާ ރަށްތައް މިވަނީ ސްމާޓް ގިލްޑްއެއް މެދުވެރިކޮށް އެ ރަށްތަށް ހިންގާ ހުރިހާ އިންޖީނުތަކެއްގެ އޮންކޮށް އޮފްކޮށް އޭގެ ހާލަތު ދެނެގަނެވޭނެ ސިސްޓަމްއެއް ގާއިމްކުރެވިފައި. ކުރިއަށް ރާވާފައި މިއޮތީ މި ސިސްޓަމްއާ އެއްކޮށް މުޅި ނެޓްވޯކް މިއަހަރު ސްމާޓް ގިލްޑްއަކަށް ބަދަލްވެފައި. މި ޕްރޮޖެކްޓް ނިމުމާ ގުޅިގެން އަޅުގަނޑުމެން މިހާރު މިފަށަނީ ދުރު މުސްތަގްބަލެެއްގައި ސްމާޓް މީޓާ އިނސްޓޯލް ކުރުމުގެ މަސައްކަތް."

ކަރަންޓު ބިލު ބޮޑުވާ މައްސަލައިގައި އަމާޒުވާ ފާޑުކިޔުންތަކާ ގުޅޭގޮތުން އެމްޑީ ވިދާޅުވީ ސްމާޓް މީޓަރު އިންސްޓޯލް ކުރުން ލަސްވެގެން ދިޔައީ ސްމާޓް ގިލްޑްގެ މަސައްކަތް ނިމެންދެން މަޑުކޮށްލަން ޖެހުމުން ކަމަށެވެ.

ޖުމްލަކޮށް ކަރަންޓުގެ މައްސަލައަށް ހައްލު ލިބެނީ ސަމާޓް ގިލްޑް އާއި، ސްމާޓް މީޓާ އެއްކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮސްދިނުމުންކަމަށް ފަހުމީ ވިދާޅުވިއެވެ.

މިދިޔަ މަހާ އަޅާ ބަލާއިރު މި މަހު ލިބުނު ބިލުން 80 އިންސައްތަ ކުޑަކަމަށްވެސް އެމްޑީ ފަހުމީ ވިދާޅުވިއެވެ.

" ސްމާޓް މީޓަރު ނިޒާމުގެ ތެރެއިން ހައްލު ހޯދަ ދޭނަން. މިސާލަކަށް ރޭގަނޑު ވަކިކަމަކަށް ބޭނުންކުރާނަމަ ވަކި ޓެރިފެއް ކަނޑައެޅުން".

ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނަކައިން ހިދުމަތްދޭ ރަށްރަށުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

tel:+9607331319