logo

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް، ސަމާލުވޭ!

profile

އާމިނަތު ޝަފާ - 01 ސެޕްޓެމްބަރު 2024 - 12:20

ސްޓެލްކޯގެ ބައްދަލުވުމުގެ ތެރެއިން

ސްޓެލްކޯގެ ބައްދަލުވުމުގެ ތެރެއިން

ސަރުކާރުގެ ކަރަންޓް ކުންފުނި- ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއްކުރާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް އެކުންފުނިން އިލްތިމާސްކޮށްފިއެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީސްޓެލްކޯގެ ނަމުގައި ބައަކު ސްކޭމް ކޯލުތަކެއް ކުރާ ކަމުގެ މައުލޫމާތު ސްޓެލްކޯއަށް ލިބިފައިވާ ކަމަށާއި އެފަދަ ކޯލްތަކަށް ރައްޔިތުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ފަހުމީ ވިދާޅުވީ އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތާއި މާލީ ޙާލަތާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ހޯދަން ސްޓެލްކޯއިން އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެކަމަށެވެ.

އަދި މީގެ އިތުރުން މިކަހަލަ މައުލޫމާތެއް ހޯދަން އެއްވެސް ފަރާތަކުން ގުޅައިފިނަމަ މައުލޫމާތު ނުދިނުމަށާއި އެކަން ވިހާވެސް އަވަހަކަށް ސްޓެލްކޯއާ ހިއްސާކުރުމަށްވެސް ފަހުމީ އެދިވަޑައިގެންނެވިއެވެ.

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން، 1545 މިހާރު ތައާރަފުކޮށްފައިވާއިރު މިއީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސްޓެލްކޯއިން ފެށި މަސައްކަތެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތާއި، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާއި ގުޅުންހުރި އެނޫންވެސް ކަންކަމުގައި ސްޓެލްކޯގެ ހޮޓްލައިން ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުން ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއިއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައިކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

tel:+9607331319