logo

ދިވެހީންގެ އަންހެން ވޮލީ ޓީމު ފައިނަލަށް، އަމާޒު ރަނަށް!

profile

ޒިދާން މުޙައްމަދު - 11 ސެޕްޓެމްބަރު 2024 - 10:05

ތަޖިކިސްތާނާ ދެކޮލަށް މިރޭ ކުޅުނު މެޗުގައި ރާއްޖޭން އުފާފާޅު ކުރަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ތަޖިކިސްތާނާ ދެކޮލަށް މިރޭ ކުޅުނު މެޗުގައި ރާއްޖޭން އުފާފާޅު ކުރަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕު 2024ގެ ސެމީ ފައިނަލުގައި ތަޖިކިސްތާން ބަލިކޮށް ރާއްޖޭގެ ސީނިއަރ އަންހެން ވޮލީ ޓީމު ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ސޯޝަލް ސެންޓަރުގެ އެތެރޭގެ ހޯލްގައި ކުޅުނު މެޗު ދިވެހީންގެ ޓީމުން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުގެ ނަތީޖާއަކުންނެވެ. މިމުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރީ ކުޅުނު ތިން މެޗުން ދެ މެޗު ކާމިޔާބުކޮށް ދެވަނައަށް އެންމެ ޕޮއިންޓު ގިނަ ޓީމުގެ ގޮތުގައެވެ.

ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ކުރިމަތީ ކުޅުނު މިމެޗުގެ ސެޓުތައް ދިޔައީ ރާއްޖޭން ގެންދިޔައީ 25-17, 25-12 އަދި 25-17 އިންނެވެ. ތަޖިކިސްތާނުން ނެގި ހަމައެކަނި ސެޓު ނެގުނީ ވަރަށް ހަނި ފަރަގަކުން 22-25ގެ ނަތީޖާއަކުންނެވެ.

ލީގު ބުރުގައިވެސް ރާއްޖޭން ވަނީ ތަޖިކިސްތާނާ ދެކޮޅަށް ކުޅެ، ތިން ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ފައިނަލުގައި ރާއްޖޭން ކުޅޭނީ ކިރްގިސްތާނާ ދެކޮޅަށެވެ. ރާއްޖެ ވަނީ ލީގު ބުރުގައި ކިރްގިސްތާން އަތުން ބަލިވެފައެވެ. އެ މެޗުގައި ރާއްޖެއަށް އެއްވެސް ސެޓެއް ނުހޯދުނިއިރު، ކުޅުމާ މެދު ގިނަ ބައެއްގެ ތައުރީފު އޮހުނެވެ. މެޗުން ބަލިވި ނަމަވެސް ތަފާތު މޮޅު ކުޅުމެއް ރާއްޖޭން ދެއްކި ކަަމަށް ވޮލީ އާއިލާގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ޖުމުލަ ހަތަރު ޓީމު ވާދަކުރި މިމުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި، ކުޅޭނީ އަފްގާނިސްތާން އާއި ތަޖިކިސްތާންއެވެ.


tel:+9607331319