logo

ގައުމީ ވޮލީ ޓީމަށް ހިތްވަރުދެއްވައި އިތުރު ކުރިއެރުމަށް ރައީސް އެދިވަޑައިގެންފި

profile

ޒިދާން މުޙައްމަދު - 12 ސެޕްޓެމްބަރު 2024 - 05:00

ރާއްޖޭގައި ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024ގެ ފައިނަލުގައި ދިވެހި ގައުމީ އަންހެން ޓީމުން ދެއްކި ހިތްވަރާއި އަޒުމާ މެދު ފަޚުރުވެރިވެ ވަޑައިގަންނަވާކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމީ ޓީމަށް ސާބަސްދެއްވައިފިއެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ގައުމީ ޓިމަށް އިތުރު ކާމިޔާބީއާއި ކުރިއެރުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެއެވެ.

https://wamco.com.mv/

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕުގެ ފައިނަލްގައި ވާދަކޮށްފައިވަނީ ރާއްޖެ އާއި ކިރްގިސްތާނެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ ކިރްގިސްތާނުންނެވެ.

މިމުބާރާތުގެ ފައިނަލުގައި އެންމެ ބޭނުންވި ނަތީޖާ ނުހޯދުނު ނަަމަވެސް، ދިވެހިރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިނަކީ ދިވެހީންގެ ޗެމްޕިއަނުން ކަމަށް ވިދާޅުވެ ނައިބުރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ ޓީމަށް ހިތްވަރުގެ މެސެޖެއްދެއްވައިފައެވެ.

ބުދަ ދުވަހުގެރޭ އޮތް މެޗަށްފަހު ނައިބުރައީސް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، ދިވެހި ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ދެއްކި ހިތްވަރާ މޮޅުކުޅުމަށް ސާބަސް ދަންނަވާފައެވެ. އަދި ކުޅުންތެރިންގެ ހުނަރާއި ވާދަވެރިކަމުގެ ރޫޙާމެދު ފަޚުރުވެރިވާކަން ފާހަގަކުރައްވައި ނައިބުރައީސް ވަނީ އެންމެ ބޭނުންވި ނަތީޖާ ނުލިބުނު ނަމަވެސް "ތިޔައީ ދިވެހިންގެ ޗެމްޕިއަނުން" ކަމަށް ވިދާޅުވެ ގައުމީ ޓީމަށް ހިތްވަރުދެއްވާފައެވެ.

ކާވާ ވިމެންސް ވޮލީ ބޯލް ޗެލެންޖު ކަޕް 2024 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބުރައީސްއެވެ.

ކާވާ ވިމެންސް ވޮލީ ބޯލް ޗެލެންޖު ކަޕް 2024 ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޗެމްޕިއަން ޓީމަށް ރަން މެޑަލް ހަވާލުކޮށްދެއްވީ ނައިބްރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. އަދި ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ނައިބުރައީސްއެވެ.

ދިވެހި ގައުމީ ވޮލީޓީމް ކާވާ އަންހެން ވޮޅީ ބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅުނު މިއީ ދެވަނަ ފަހަރެވެ. އަދި ބައިނަލްއަޤްވާމީ މުބާރާތެއްގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދީ ގައުމަށް ރީތި ނަން ހޯދައިދިން މިއީ ތިން ވަނަ ފަހަރެވެ.

މި ސެޕްޓެމްބަރު މަހުގެ 6 އިން 11 އަށް ކުރިއަށްދިޔަ މި މުބާރާތުގައި ވާދަކުރީ ދިވެހިރާއްޖެ، އަފްޣާނިސްތާން، ކިރްގިސްތާން އަދި ތަޖިކިސްތާނެވެ.

https://wamco.com.mv/
tel:+9607331319