logo

އަހަރުގެ މިހާތަނަށް ކުޅިވަރުގެ 8 ކޯހެއް ހިންގައިފި

profile

އާމިނަތު ޝަފާ - 14 ސެޕްޓެމްބަރު 2024 - 09:00

މިހާތަނަށް 8 ކޯހެއް ހިންގައިފި

މިހާތަނަށް 8 ކޯހެއް ހިންގައިފި

މިއަހަރުގެ މިހާތަނަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ހަ ދާއިރާއަކުން އަށް ކޯހެއް ހިންގައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ އެމްއެންއައިއެސް އަކީ ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިންސްޓިޓިއުޓެކެވެ.

މިއަހަރު މިހާތަނަށް އެމްއެންއައިއެސް އިން ވަނީ ހަ ދާއިރާއަކުން އަށް ކޯހެއް ހިންގާފަ އެވެ. އޭގެ ތެރޭގައި ކެރަމް، ހޭންޑްބޯޅަ، ބާސްކެޓް، ފުޓްސަލް އަދި ފިޓްނަސް ދާއިރާ ފާހަގަކޮށްލެވެއެވެ.

މި އަށް ކޯހުގައި މިހާތަނަށް 129 ބައިވެރިން ވަނީ ތަމްރީންވެފަ އެވެ. އޭގެ ތެރޭގައި 31 ކޯޗުންނާއި، 21 ފިޓްނަސް އިންސްޓްރަކްޓަރުން، 59 ރެފްރީން ނުވަތަ އަމްޕަޔަރުންގެ އިތުރުން މީޑިއާ ދާއިރާގެ 14 ބައިވެރިން ހިމެނެއެވެ.

މިއަހަރުގެ ފަހު ކުއާޓާގައިވެސް ގިނަ ކޯސްތަކެއް ހިންގަން އެމްއެންއައިއެސްއިން އަންނަނީ ތައްޔާރުވަމުންނެވެ.

tel:+9607331319