logo
ފާއިޒްއަށް މަގަމުގެ ފަތްކޮޅު އެރުވުން

ފާއިޒްއަށް މަގަމުގެ ފަތްކޮޅު އެރުވުން

ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް ފާއިޒް!

profile

ޔޫޝައު ހަސަން - 25 ޖެނުއަރީ 2023 - 09:20

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މއ.މަނާގެ، ޢަލީ ފާއިޒު މިއަދު އައްޔަންކުރައްވައިފިއެވެ. އެ ބޭފުޅާ މި މަގާމަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު އެރުވުން އޮތީ އެކަމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

https://wamco.com.mv/

ސްރީލަންކާއަށް ދިވެހިރާއްޖެއިންް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މިއަދު ޢައްޔަންކުރެއްވި، ޢަލީ ފާއިޒަކީ 2022 ވަނަ އަހަރު މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުކަމުގެ މަގާމާއި، 2021 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ބޯޑުގައި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ މީގެ ކުރިން ބ. އަތޮޅުގެ ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައި، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގައި ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކުރައްވަވާފައިވާ ފާއިޒް. ވަނީ 2012 ވަނަ އަހަރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުވެސް ފުރުއްވާފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay