logo

ޤާނޫނު އިސްލާހުކުރާނީ މައުލޫމާތު ހޯދަން ދަތިނުވާ ގޮތަށް - އުޝާމް

profile

އަހުމަދު ޒަލީފު - 13 ޖޫން 2024 - 23:30

---

---

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) އިސްލާހު ކުރާނީ މައުލޫމާތު ހޯދަން ދަތި ނުވާ ގޮތަށް ކަމަށް ބަންޑާރަނައިބް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު އުވާލުމުގެ އެއްވެސް ވިސްނުމެއް އަދި މަޝްވަރާއެއް ވެސް ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހަކީ އެ ގާނޫނު ތަންފީޒު ކުރަން ބައެއް ކަހަލަ އިޖުރާއަތްތައް ހުރިގޮތުން ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ގެންނަ އިސްލާހުތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަނެއްހެން ބޮޑެތި އިސްލާހުތަކެއް ނޫން. މައުލޫމާތު ހޯދުމަށް ހުރަސްއެޅޭ ކަހަލަ އިސްލާހެއް އަޅުގަނޑުމެން އެ ގާނޫނަކަށް ގެންނަން ގަސްތެއް ނުކުރަން،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވި ގޮތުގައި އެ ޤާނޫނު ތަންފީޒު ކުރުމުގައި އިންފޮމޭޝަން ކޮމިޝަނަރަށް ވެސް ދަތިތަކެއް އެބަހުއްޓެވެ.

އެހެންކަމުން އެ ދަތިތަކަށް ހައްލެއް ގެންނަންޖެހޭކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނީ އިންފޮމޭޝަން ކޮމިޝަނަރާއި ވެސް މަޝްވަރާ ކުރުމަށްފަހު މައުލޫމާތު ހޯދަން ދަތިނުވާނެ ގޮތަކަށް ކަމަށެވެ.

https://int.etukuri.mv/
tel:+9607331319