logo

އެމްއެންޕީ ދެމި އޮންނާނީ މި ސަރުކާރާއެކު - ނާޒިމް

profile

އަހުމަދު ޒަލީފު - 26 ނޮވެމްބަރު 2023 - 17:29

އެމްއެމްޕީގެ ރައީސް ނާޒިމް އަދި ނައިބު ރައީސް އުޝާމް

އެމްއެމްޕީގެ ރައީސް ނާޒިމް އަދި ނައިބު ރައީސް އުޝާމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަބަދުވެސް ދެމި އޮންނާނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކު ކަމަށް އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އުޖާލާ ޒަމާނަކަށް ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ގައުމުގެ ވެެރިކަމަށް އިންތިހާބު ކުރެއްވި ރައީސް ޑރ. މުއިއްޒުގެ ސަރުކާރާއެކުު އެމްއެންޕީގެ އެންމެހާ މެންބަރުން ސާބިތުކަމާއެކު ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ނާޒިމް މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ޕާޓީއެއް އުފައްދަވަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މިދަނޑިވަޅުގައި ސަރުކާރުގެ ގިނަ މެންބަރުން ދަނީ ރައީސް މުއިއްޒަށާއި ސަރުކާރު ދަމަހައްޓަން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެމްއެންޕީއަކީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ޕީޕީއެމް/ޕީއެންސީއާ ބައިއަތު ހިފައިގެން ކުރިޔަށްދިޔަ ޕާޓީއެކެވެ. ކުރިއަށް އޮތް ފަސް އަހަރު ސާބިތުކަމާ އެކު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ތިބޭނެ ކަމަށް ނާޒިމް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. ގައުމުގެ ވެރިޔަކު އިހުތިޔާރު ކުރުން މިއީ ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު އިތުބާރު ކަމަށާއި އެހެން ކަމުން ޖުމްހޫރީ ދުވަހަކީ ރައްޔިތުން ގޮތް ނިންމުގެ ފުރިހަމަ ބާރާއި އާރު ލިބިފައިވާ ދުވަހެއްކަން ހަނދާން ކުރަންޖެހޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ

https://wamco.com.mv/
tel:+9607331319