logo

ވެންޓިލޭޓަރުގެ ބަދަލު ލިބުން ނާދިރު: އުޝާމް

profile

އަހުމަދު ޒަލީފު - 07 މާރިޗު 2024 - 12:06

ވިލިމާލޭ ދާއިރާގެ މެމްބަރު އަޙުމަދު އުޝާމް

ވިލިމާލޭ ދާއިރާގެ މެމްބަރު އަޙުމަދު އުޝާމް

ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާގައި ރާއްޖެ އިން ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ކުރީ ސަރުކާރުން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލައިގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ރާއްޖެއަށް ދޭންޖެހޭ 32 މިލިއަން ރުފިޔާ ލިބުން ނާދިރު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި ޖުމްލަ 32 މިލިއަން ރުފިޔާ ދެއްކުމަށް އާބިޓްރޭޝަނުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް އަމުރުކޮށްފައިވާ ކަމަށެވެ.

" އާބިޓްރޭޝަންގައި މަސައްކަތް ކުރިއަށް ދިޔައިރު ވެސް އަޅުގަނޑުމެންނަށް އެ ކުންފުނިވީ ތަނެއް ނޭނގުނު. އެއްވެސް އަޑު އެހުމަކަށް އެ ކުންފުނީގެ ފަރާތުން ހާޒިރެއް ނުވޭ. އެއްވެސް ބަޔާނެއް އާބިޓްރޭޝަނަށް ހުށަނާޅާ. ދެން އާބިޓްރޭޝަން ހިނގާ ގޮތަކީ އާބިޓްރޭޓާ އެއްވެސް އެބަޖެހޭ ފީއެއް ދައްކަން އާބިޓްރޭޝަން ސެންޓަރަށް ވެސް އެބަ ޖެހޭ ފީއެއް ދައްކަން. އާބިޓްރޭޓާއަށް ދެކޮޅުން ދައްކަން ޖެހޭ ފީ ވެސް ދައްކަން ޖެހުނީ ސަރުކާރުން. ސެންޓަރަށް ވެސް ދެއްކީ ސަރުކާރުން." އުޝާމް ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ނުލިބުނު ތަނުގައި އާބިޓްރޭޝަނަށް ހުށަހަޅައިގެން ވެސް ދައުލަތުންގެ އަތުން ބޮޑެތި ހަރަދުތަކެއް ހިނގާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

"އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅީ ކުރީގެ ސަރުކާރުން. އެންމެ ފަހުގެ ދެތިން އަޑުއެހުމެއް ކުރިއަށް ދިޔައީ މި ސަރުކާރުގައި. އެހެންވީމަ އަޅުގަނޑުމެން ދެން ކުރަންޖެހޭ މަސައްކަތަކީ އެންފޯސްމަންޓަށް ދިއުން. އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުުންފުންޏަކަށް ވާތީ އެންފޯސްމަންޓަށް ދުބާއީއަށް ދާން މި ޖެހެނީ. އެހެންވީމަ ދުބާއީގެ ކޯޓުތަަކަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް އެޓާނީ ޖެނަރަލްގެ އޮފީހުން ކުރިއަށް ގެންދަމުން މި ދަނީ." އުޝާމް ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319