logo

ސަރުކާރު ބަލިކަށި ނުކުރެވޭނެ, ރައީސް ހުންނެވީ ގަދަކޮށް: އުޝާމް

profile

އަހުމަދު ޒަލީފު - 28 ޖެނުއަރީ 2024 - 15:33

—

ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ ކަންކަމުން ސަރުކާރު ބަލިކަށި ނުކުރެވޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުންނެވީ ގަދަކޮށް ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.


އުޝާމް މިހެން ވިދާޅުވީ އޭނާ ހިމެނިވަޑައިގަންނަވާހެން ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީން ނިންމުމާ ގުޅިގެން އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައެވެ.

އުޝާމް ވިދާޅުވީ އޭނާއަށް ރުހުން ނުދޭން ނިންމީ ޒާތީ ގޮތުން ޖައްސައިލައިގެން ކަމަށެވެ. ނަމަވެސް ޒާތީ ގޮތުން ޖައްސައިލާ ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށި ނުކުރެވޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

''އަޅުގަނޑު ވަޒީފާގެ ހައިސިއްޔަތުން ޕްރޮފެޝަނަލީ ނިންމާފަ އޮތް އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ނުދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. މިއީ ޒާތީ ކަމެއް. ޒާތީ ގޮތުން ޖައްސައިލާ, ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށި ވެސް ނުކުރެވޭނެ. ރައީސް ޑރ.މުޢިއްޒު ހުންނެވީ ގަދަކޮށް.''

ވަޒީރުންނަށް ރުހުން ނުދޭން ނިންމި މައްސަލާގައި ޕީޕީއެމް-ޕީއެންސީއިން ބުނީ ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވައިލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށެވެ. އަދި ދައުލަތުގެ ވުޒާރަތައް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ގާބިލު އެ ވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި އަދި އެ ބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޝައްކެއް ނުކުރާ ކަމަށާއި އެބޭފުޅުންނަށް މިކޯލިޝަންގެ ފުރިހަމަ އިތުބާރު އޮތް ކަމަށެވެ.

https://wamco.com.mv/
tel:+9607331319