
—
ސްޓެލްކޯއިން ދޭ ހައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވައިފި

އަހުމަދު ޒަލީފު - 29 މާރިޗު 2024 - 16:31
ސްޓެލްކޯއިން ދޭ ހައްޖާއި އުުމްރާ ދަތުރު ލިބޭ މުވައްޒަފުން ރޭ ގުރުއަތުން ހޮވައިފިއެވެ.
ސްޓެލްކޯގެ އިން ބުނީ ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ކުންފުނިން މުވައްޒަފުންނަށް ދޭ ތަރާވީހާއި، ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމުގެ އިތުރުން ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ޖެނެރަލް މެނޭޖަރު ހަސަން ހުސައިން ރިޓަޔާ ކުރުމާ ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް ހުށަހެޅީ 116 މުވައްޒަފުން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އޭގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 98 މުވައްޒަފުންނެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 263 ފަރާތަކުން ހުށަހެޅި އިރު، ޝަރުތުހަމަވެފައިވަނީ 254 މުވައްޒަފުންނެވެ.
މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު ކުންފުނިން ދީފައި ވަނީ ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށެވެ. އެހެން ނަމަވެސް، ކުންފުނީގެ އެކަމާއި ގުޅުންހުރި ސިޔާސަތަށް ބަދަލުގެނެސް މި އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެނުންނާއެކު ޖުމްލަ ހަ މުވައްޒަފުން ހޮވާފައެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:
- އަބްދުﷲ އާމިރު
- މުހައްމަދު އާދިލް
- އައިޝަތު ޝިޒްނާ
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން