logo

ދިވެހި ފިލްމް "ނީނާ" އޮގަސްޓް 6 ގައި އަޅުވަނީ!

profile

އައިޝަތު ޝާނީ - 31 މޭ 2023 - 08:52

މަޝްހޫރު ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ގެ ފިލްމު "ނީނާ" މި އަހަރުގެ އޮގަސްޓް 6 ގައި ސިނަމާގައި އަޅުވަން ނިންމައިފިއެވެ.

https://wamco.com.mv/

ދެހާސް ވިހީގެ ކުރީކޮޅު ޝޫޓިން ނިންމި "ނީނާ" ލަސްވެފައިވަނީ ކޮވިޑާ ހެދިއެވެ. މިހާރު ފިލްމު ރިލީޒްކުރަން ވާން ޖެހޭ ގިނަ ތައްޔާރީތަކެއްވަމުން އަންނައިރު، އެ ފިލްމްގެ ބަތަލާއަކީ ނުޒުހަތު ޝުއައިބް (ނުޒޫ)އެވެ. ނުޒޫއަކީ އިއްލެގެ ފުރަތަމަ ފީޗާ ފިލްމު 2019 ގެ ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" ގެ ވެސް ބަތަލާގެ ރޯލު ކުޅުނު ބަތަލާއެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ނީނާ" ގެ ތަރިންގެ ތެރޭގައި ޖުމައްޔިލް ނިމާލު (ޖުމަލް) ،ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، ގެ އިތުރުން މަރިޔަމް ރަޝީދާ ހިމެނެއެވެ.

"ނީނާ" އަކީ ކްރައިމް ތުރިލާއެކެވެ. ގިނަ ބަޔަކު އެ ފިލްމަށް އިންތިޒާރުކޮށްގެން ތިބޭތާ ގިނަ ދުވަސްވެއްޖެއެވެ.

ފާހަގަކޮށްލެވޭގޮތުގައި، އިއްލެއަކީ ރާއްޖޭގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރެވެ.ތަފާތު ފިލްމްތައް ގެނެސްދޭން މަސައްކަތްކުރާ ޑައިރެކްޓަރެއްކަންވެސް ފާހަގަކޮށްލެވެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay