
ލައިޕްޒގް ޓީމު އުފާފާޅުކުރަނީ
ލައިޕްޒިގް އިން ޖަރުމަން ކަޕް ކާމިޔާބު ކޮށްފި

ޙުސައިން ފަޒީލް - 04 ޖޫން 2023 - 10:46
އެއިންޓްރެކްޓް ފްރޭންކްފާޓް 2-0 ގެ ނަތީޖާއަކުން ބަލިކޮށް ލައިފްޒިގްއިން ޖަރުމަނު ކަޕް ރޭ ކާމިޔާބުކޮށްފިއެވެ. މި ދެޓީމު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ލައިޕްޒިގުން މޮޅަށް ކުޅެ ލަނޑު ޖަލާނެ ފުރުސަތު ތަނަވަސް ކުރިއެވެ. ނަމަވެސް ދެ ޓީމުން ކުރެ އެއްޓީމަކަށްވެސް ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއްނުވިއެވެ.
މި މެޗްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފްގެ 71 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކްރިސްޓޮފަރ އެންކުންކޫއެވެ. މިއީ މިސީޒަންގައި އޭނާ ޓީމަށް ޖަހައިދިން 23 ވަނަ ލަނޑެވެ.
މެޗްގެ ދެނަވަ ލަނޑުވެސް ކާމިޔާބޮ ކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މިގޮތުން މެޗްގެ 85 ވަނަ މިނެޓްގައި އެންކުންކޫ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި ޑޮމިނިކް ޒޮބޯޒްލާއި ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިދިޔަ އަހަރުގެ މުބާރާތްވެސް ކާމިޔާބު ކުރީ ލައިޕްޒިގުންނެވެ. މިއީ އެޓީމުން ޖެހިޖެހިގެން މި މުބާރާތް ކާމިޔާބު ކުރި 2 ވަނަ ފަހަރެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން