
ނޯތު ހާބަރުގެ ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް 16 ޕޮއިންޓެއް ގާއިމުކޮށްފި

ރިޟްވާން މޫސާ - 11 ޖުލައި 2026 - 07:11
މާލޭ ނޯތު ހާބަރ ގައި ފެނާއި ކަރަންޓްގެ ޙިދުމަތް ދިނުމަށް 16 ޕޮއިންޓެއް ގާއިމުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އެޕްމީއެލް އިން ބުނެފި އެވެ.
މީގެ ކުރިން ދުވަހަކުވެސް މާލޭގައި ނުދޭ ޙިދުމަތެއްކަން ފާހަގަކުރައްވަމުން އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި ނޯތު ޙާބަރުގެ ޙިދުމަތް ހޯދަމުން އަންނަ އޮޑިދޯނި ފަހަރުތަކާއި ބޯޓުތަކަށް ހާއްސަ ކޮށްގެން ފެނާއި ކަރަންޓުގެ ޙިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެެއްސުމުން މި ކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން ދެއެވެ.
މިހާރު ބޮޑުތަކުރުފާނު މަގާއި ވީ ފަޅިން މި ޚިދުމަތް ދިނުމަށް 16 ޕޮއިންޓެއް މިވަނީ ޤާއިމްކޮށްފައެވެ. މިިއިން ކޮންމެ ޕޮއިންޓެއްގައިވެސް 3 ކަރަންޓު މީޓަރު ބަހައްޓާފައިވާއިރު، 1 ފެން މީޓަރުވެސް މިވަނީ ބަހައްޓާފައެވެ.
މިއާއެކު މިހާރު ނޯތު ހާބަރުން އެއް ފަހަރާ، އެއް ގަޑިއަކު މުޅި ޖުމްލަ 48 އުޅަނދަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭއިރު، ހަަމަމިގޮތަށް 16 އުޅަނދަކަށް ފެނުގެ ޚިދުމަތްވެސް ފޯރުކޮށްދެވޭނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ.
މިއީ ދޯނިތައް ކިއޫގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، އަވަހަށް ޚިދުމަތް ހޯދައިގެން ފުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. އަދި މީގެ ސަބަބުން ބޯޓުފަހަރުގެ ހިންގުމުގެ ޚަރަދަށް ލުއިވެ، އިންޖީނު ނުވަތަ ޖަނަރޭޓަރު ހިންގައިގެން ތެޔޮ އެންދުމުގެ ބަދަލުގައި، ފަސޭހަކަމާއެކު ބަނދަރުން ކަރަންޓު ލިބުމަކީ މާލީ ގޮތުންވެސް އެމީހުންނަށް ބޮޑު ފައިދާއެއް ލިބޭނެ ކަމެކެވެ.
މީގެ އިތުރުން، މި ޚިދުމަތަކީ ތިމާވެއްޓާވެސް ރައްޓެހި ބަދަލެއްގެ ގޮތުގައި ކެޕްޓަނުން ސިފަކުރެއެވެ. ބޯޓުފަހަރުގެ އިންޖީނުތައް ނިއްވާލައި، ބަނދަރުން ދޭ ކަރަންޓު ބޭނުންކުރުމުން ބަނދަރު ސަރަހައްދުގައި އުފެދޭ ދުމާއި އަޑުގަދަވުން ކުޑަވެ، މަސައްކަތްކުރާ މާހައުލު އިތުރަށް ހިތްފަސޭހަވެގެން ގޮސްފައިވާ ކަމަށް އެމީހުން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޓްރަމްޕް މަރާލައިފާނެ ކަމުގެ ބިރަށް 1000 މިސައިލް ތައްޔާރީ ހާލަތައް ގެނެސްފި!
2 ގަޑިއިރު ކުރިން

ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް
2 ގަޑިއިރު ކުރިން

ގްރޫޕް މާރާމާރީއެއްގައި 4 މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ
2 ގަޑިއިރު ކުރިން

ސްޕެއިންގެ ރޯވި އަލިފާނުގެ ތެރެއިން ސަލާމަތްވާން އުޅުމުގެ ތެރޭގައި އެތައް ބަޔަކު ގެއްލިއްޖެ!
2 ގަޑިއިރު ކުރިން


.gif&w=3840&q=75)