
ސްރީލަންކާގެ ޖަލެއްގައި ހިނގި މާރާމާރީއެއްގައި ދެމީހަކު މަރާލައިފި

މުޙައްމަދު ފަޟްލޫން - 05 ޖުލައި 2026 - 12:49
ސްރީލަންކާގެ ނިގަމްބޯ ޖަލުގައި ހިނގި ނުރައްކާތެރި ކުރިމަތިލުމެއްގައި ދެ މީހަކު މަރުވެ، ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
ލަންކާގެ ހަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ނިއުސްވަޔަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ނިގަމްބޯ ސިޓީގައި ހުންނަ ޖަލުގައެވެ.
ޖަލުގައި ބަންދުކޮށްފައި ތިބި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި ދެ މީހަކު ފުރާނަ ގޮސްފައިވާއިރު، 30 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އެ ނޫހުން މަޢުލޫމާތުދެއެވެ.
ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަނުޖެހުން ހިނގާފައިވަނީ ޖަލުގެ އެތެރޭގައެވެ.
އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ބަދަލުކުރެވިފައިވީ ނަމަވެސް، ސަލާމަތީ ރައްކާތެރިކަމަށްޓަކައި އެ މީހުންނަށް ފަރުވާދެމުންދާ ހޮސްޕިޓަލުގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މާރާމާރީ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށާއި، މި ހާދިސާގައި ދެ މީހަކު މަރުވި ގޮތް އިތުރަށް ބެލުމަށްޓަކައި ފުލުހުން މިހާރު ދަނީ ތަފްސީލީ ތަހުގީގެއް ހިންގަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އެއަރޕޯޓް މުވައްޒަފުންނަށް އިންޒާރުދިންކަމަށް ބުނާ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކޮށްފި
3 ގަޑިއިރު ކުރިން

ބިންހެލުމާ ގުޅޭގޮތުން ފަތުރަނީ ދޮގު މެސެޖެއް: މެޓް އޮފީސް
3 ގަޑިއިރު ކުރިން

ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އެންސްޕާގެ ހާއްސަ ނަމްބަރެއް ތައާރަފްކޮށްފި
3 ގަޑިއިރު ކުރިން

ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެލިސްޓަށް ރާއްޖެ އަރައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)