logo

ބިންހެލުމާ ގުޅޭގޮތުން ފަތުރަނީ ދޮގު މެސެޖެއް: މެޓް އޮފީސް

profile

މުޙައްމަދު ފަޟްލޫން - 05 ޖުލައި 2026 - 12:33

ރާއްޖެއަށް ބިންހެލުމެއް އަންނަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖްތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

މެޓް އޮފީހުން ބުނީ ބިންހެލުމެއް އަންނާނެ ސީދާ ވަގުތެއް، ތާރީޚެއް ނުވަތަ ތަނެއް ކުރިއާލައި ދެނެގަނެވޭނެ ސައިންޓިފިކް އެއްވެސް ވަސީލަތެއް ނުވަތަ އުސޫލެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ. ނަމަވެސް، ދިގު މުއްދަތުގެ ތަފާސްހިސާބުތަކަށް ބަލައި ބިންހެލުން އައުމުގެ ފުރުސަތު ބޮޑު ސަރަހައްދުތައް ސައިންސްވެރިންނަށް އަންދާޒާ ކުރެވިދާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.

މީސްމީޑިއާގައި ފެތުރެމުންދާ މެސެޖުތަކުގައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ހިމެނޭ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 5.2 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އަންނާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށެވެ.

މެޓް އޮފީހުން ވަނީ މިފަދަ ހަގީގަތާ ހިލާފު ވާހަކަތަކަށް ސަމާލު ނުވުމަށް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ބުނީ ، އެ އޮފީހުން 24 ގަޑިއިރު ބިންހެލުންތަކުގެ މައުލޫމާތު މޮނިޓަރ ކުރަމުންދާ ކަމަށެވެ.

ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ރަސްމީ ވަސީލަތްތަކުން އެ މައުލޫމާތު އާންމުންނަށް ހިއްސާކުރާނެ ކަމުގެ ޔަގީންކަން މެޓުން ވަނީ ދީފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk