logo

ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އެންސްޕާގެ ހާއްސަ ނަމްބަރެއް ތައާރަފްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 05 ޖުލައި 2026 - 11:55

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެންސްޕާގެ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ފަސޭހައިން އޮޅުންފިލުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެންސްޕާއިން ހާއްސަ ވަޓްސްއަޕް ނަންބަރެއް ތަޢާރަފުކޮށްފިއެވެ.

https://wamco.com.mv/

ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް، 7291402 ނަންބަރު މެދުވެރިކޮށް ވަޓްސްއަޕުން މުޢާމަލާތު ކުރެވޭނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

މި ހިދުމަތް ތަޢާރަފުކުރުމުގެ މައިގަނޑު މަގްސަދަކީ، އެންސްޕާގެ ރަސްމީ ހޮޓްލައިން 1402 އަށް ރާއްޖެއިން ބޭރުން ގުޅުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުން ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ 58 ފަރާތަކުން މިހާރުވެސް އެ އިދާރާގައި ރަޖިސްޓްރީވެގެން ތެރަޕިއުޓިކް ފަރުވާގެ އެހީތެރިކަން ހޯދަމުންދާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

މީގެ ތެރޭގައި ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ ފަދަ ހާއްސަ ފަރުވާތައް ހިމެނެއެވެ.

ދިވެހި ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އުފައްދާފައިވާ އެންސްޕާއަކީ، އާސަންދަ ސްކީމްގެ އިތުރުން ސިއްޙީ ފަރުވާގެ މާލީ އެހީތެރިކަމާއި، އިސްރަށްވެހިންނާއި، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ މުއައްސަސާއެކެވެ.

މީގެ އިތުރުން، ދިރިއުޅުމުގެ ފަގީރު ހާލަތުގައި ތިބި ފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް އެ އިދާރާއިން އަންނަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk