
ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ޖަޕާން ސަރުކާރާއެކު މަޝްވަރާކުރައްވައިފި

މުޙައްމަދު ފަޟްލޫން - 29 މޭ 2026 - 05:29
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަހްމަދު މަހްލޫފް، ޖަޕާން ފުޓްބޯޅަ އެސޯސިއޭޝަން ، ޖޭއެފްއޭ ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ޖަޕާނުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ސަފީރު މަހްލޫފް ވަނީ ޖޭއެފްއޭ ގެ ރައީސް ސުނޭޔާސޫ މިޔަމޮޓޯއާ ބައްދަލުކުރައްވައި، ފުޓްބޯޅައިގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މިގޮތުން، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ޖަޕާނުގެ އެހީތެރިކަން ހޯދިދާނެ ގޮތްތަކާއި، ދެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ހިޔާލު ބަދަލުކުރެއްވިއެވެ.
ރާއްޖޭގެ އުމްރާނީ ތަރައްގީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ޖަޕާނުން ދެމުންދާ މެދުނުކެނޑޭ އެހީތެރިކަން ފާހަގަކުރައްވައި، ސަފީރު ވަނީ އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި ޖަޕާނުގެ ގައުމީ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަންވެސް ސަފީރު މި ބައްދަލުވުމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ހާރިޖީ ވުޒާރާގެ ޓީމްގެ ބޭފުޅުންނާއި ޖަޕާންގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
22 މިނިޓު ކުރިން
.webp&w=3840&q=75)
މިއަހަރު ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ
ގަޑިއިރެއް ކުރިން

ޣައްޒާގެ %70 އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމަށް ނަތަންޔާހޫ އަމުރުކޮށްފި
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ދާއިމީ ވޯޓާރސް ލިސްޓް ނެރެފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)