logo

އެމްޕީއެލް އިން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ޖުމްލަ 1,804 ކޮންޓެއިނަރު ކްލިއަރކޮށްފި

profile

މުޙައްމަދު ފަޟްލޫން - 19 ޖުލައި 2026 - 14:40

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް އިން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ޖުމްލަ 1,804 ކޮންޓެއިނަރު ކްލިއަރކޮށްފިއެވެ.

https://wamco.com.mv/

އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި 12 އިން 18 އަށް ކްލިއަރ ކުރި މުދަލުގެ ތެރޭގައި އެންމެ ގިނައީ ފިޔައާއި ބިސް ފަދަ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. މި މުއްދަތުގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 1,453 ކޮންޓެއިނަރު އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 351 ކޮންޓެއިނަރު ވަނީ ކްލިއަރކޮށްފައެވެ.

މުދާ ކްލިއަރެންސްގެ ބަރުދަނަށް ބަލާއިރު، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 41,753.59 ފްރައިޓް ޓަނުގެ މުދާ އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2,179.98 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއަރކޮށް ނިންމާފައެވެ.

މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ކޮންޓެއިނަރު އުފުލާ 3 ބޯޓާއި އާންމު މުދާ އުފުލާ 3 ބޯޓު ވަނީ ބަނދަރަށް ކައިރިކޮށްފައެވެ. އަދި މި މުއްދަތުގައި ކޮންޓެއިނަރު އުފުލާ 4 ބޯޓާއި އާންމު މުދާ އުފުލާ 4 ބޯޓު ވަނީ ފުރާފައެވެ.

މީގެ އިތުރުން، ފާއިތުވި ހަފްތާގައި ބަނދަރުން ބޭލުނު ކޮންޓެއިނަރުގެ އަދަދަކީ 2,028 އެވެ. އަދި 1,730 ކޮންޓެއިނަރު ބޯޓުފަހަރަށް އަރުވައި ބޭރުކޮށްފައިވެއެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި ހިންގުނު ޖުމްލަ އޮޕަރޭޝަންތަކުގެ އަދަދަކީ 3,758 އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk