
ރިޕޯޓްފޮތްދީ ދަރިވަރުން ފުރަތަމަ ޓާމް ޗުއްޓީއަށް ގޮސްފި

މުޙައްމަދު ފަޟްލޫން - 16 ޖުލައި 2026 - 05:55
ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓް ފޯމު ދޫކުރުމާއެކު، ދަރިވަރުންގެ ބޮޑު ޗުއްޓީ މިއަދު ރަސްމީކޮށް ފެށިއްޖެއެވެ.
ފުރަތަމަ ޓާމުގެ ކިޔެވުމަށްފަހު ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭއިރު، ޗުއްޓީ ނިމި ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ.
މިއަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން މުޅިން ނިމި ސްކޫލްތައް ބަންދުވާނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ސްކޫލްތަކުގައި މިއަހަރު 80،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ.
މިއަހަރު ގްރޭޑް 1 އަށް އަލަށް 4،700 އަށްވުރެ ގިނަ ކުދިން ގުޅިފައިވާއިރު، މާލޭގެ ސްކޫލްތަކުން އެކަނިވެސް ގްރޭޑް 1 އިން 2،000 އަށްވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދީފައިވެއެވެ.
މީގެއިތުރުން، ތަޢުލީމީ ދާއިރާއަށް ގެނެވުނު ބަދަލުތަކާއެކު، ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ތާވަލުކުރެވިފައިވަނީ އެ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

ދުބާއީގެ ވެރިޔާގެ ކޮއްކޯފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި
18 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫޢަށްވުރެ މިވަގުތަށް މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ރައީސް ނަޝީދު
19 ގަޑިއިރު ކުރިން

ގާޒީ ބިލްޑިންގ ހުރި ބިމުގައި ތަރައްގީ ކުރި ޕާކިންގ ޒޯނު ހުކުރު ދުވަހު ހުޅުވަނީ
19 ގަޑިއިރު ކުރިން

ރޯދަމަހުގެ ދަނޑުވެރިންގެ ބާޒާރުގައި ތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި
19 ގަޑިއިރު ކުރިން


